
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ 3 ވަނަ ކުއާޓަރގައި އިޤްތިޞާދުގެ މައިގަނޑު ހުރިހައި ދާއިރާތަކެއް ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭގެ ކުއާޓަރލީ ބިޒްނަސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ. އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ ފިޔަވާ، ޖުމުލަ ގޮތެއްގައި ސަރވޭކުރެވުނު ހުރިހައި ދާއިރާއެއްގައިވެސް ވިޔަފާރިކުރާ މިންވަރު މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައިވާކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު ހީނަރުވެފައިވީ ނަމަވެސް، ޑިމާންޑް ހިފެހެއްޓިފައިވާ ކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސަރވޭ ކުރިއަށް ގެންގޮސްފައި ވަނީ 25 ސެޕްޓެންބަރު އިން 12 އޮކްޓޫބަރުގެ ނިޔަލަށެވެ. ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހަތަރު ދާއިރާއަކުން ޖުމުލަ 160 ބޮޑެތި ކުންފުންޏަކަށް މި ސަރވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވެއެވެ. މީގެ ތެރެއިން %70 ކުންފުނިން މި ސަރވޭގައި ބައިވެރިވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ތިންވަނަ ކުއާޓަރުގައި ސަރވޭގައި ހިމެނޭ އިޤްތިޞާދީ ދާއިރާތަކުގެ މަސައްކަތްތެރިންގެ އަދަދުތަކަށް ބަލާއިރު، ޖުމުލަ ގޮތެއްގައި ހުރިހައި ދާއިރާއެއްގައިވެސް، މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ފިޔަވައި ހުރިހައި ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާކަމަށް ރިޕޯޓްގައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
އަހަރުގެ ހަތަރުވަނަ ކުއާޓަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ “ޕީކް ސީޒަން” ކަމަށްވުމާއެކު، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، ހަތަރުވަނަ ކުއާޓަރުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކަށް ލިބޭ އާމްދަނީ އަދި ރިސޯޓު ބުކިންސް އިތުރުވާނެ ކަމަށް އަންދާޒާކޮށް، މި ދާއިރާ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި މުއްދަތުގައި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ކުރިއެރުން މިންކުރެވޭ މައިގަނޑު އިންޑިކޭޓަރުތަކަށް ބަލާއިރު، ވިޔަފާރިކުރާ މިންވަރު ކުރިއަރަމުންދާ މިންވަރު މަޑުޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް، މިމުއްދަތުގައި އިމާރާތްކުރުމުގެ ދާއިރާއާއި އަދި ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތުގެ ދާއިރާގެ ވިޔަފާރިތަކުން އެދާއިރާ އިތުރަށް ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
ރިޕޯޓްގައި ވާގޮތުން އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ދާއިރާއެއްގައި ހިމެނޭ ވިޔަފާރި ތަކުންވެސް މާލީ ހާލަތު، އަންނަ ކުއާޓަރުގައި ރަނގަޅުވެގެންދާނެކަމަށް އަންދާޒާ ކުރެއެވެ. ނަމަވެސް، އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކުން ލަފާކުރާގޮތުގައި، އަންނަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރު މަޑުޖެހިގެންދާނެއެވެ. 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން ހިންގަމުންގެންދާ ބިޒްނަސް ސަރވޭއަކީ، ކުރު މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާ އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާ ގުޅޭގޮތުން، އިޤްތިޞާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް، އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސަރވޭއެކެވެ.
މި ސަރވޭގެ މަޤްޞަދަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަޑައެޅުމުގައި އެހީތެރިވެދިނުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
