
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް(
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 70,000ށްވުރެ މައްޗަށް އުފުލިފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޤަތުލުޢާންމުގެ ދަށުން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ގޮތުން ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ތާރީޚާ ގުޅޭ އާސާރީ އެތަކެއް ތަރިކައަކާއި ބިނާތައް ހިމެނެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ގެއްލުންދީފައިވާ ތަރިކަތަކާއި އާސާރީ ބިނާތައް މަރާމާތުކޮށް، ޙިމާޔަތް ކުރުމުގެ މަސައްކަތް ޣައްޒާގެ ރައްޔިތުންނާއި ކަމާގުޅޭ އިދާރާތަކުން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޣައްޒާގައި ހުރި އެންމެ ދުވަސްވީ މިސްކިތް އަދި ތާރީޚީ ބިނާ ކަމުގައިވާ ޢުމްރީ މިސްކިތް ހިމެނެއެވެ. ތާރީޚީ ފަތްފުންތަކުން ހާމަވާ ގޮތުގައި އެއީ 1340ގެ އަހަރުތަކުގެ ތެރޭގައި ބިނާ ކޮށްފައިވާ އިމާރާތެކެވެ. އެ ތަން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައި ވަނީ ހަތް ވަނަ ޤަރުނުގެ ތެރޭގައެވެ.
ޔަހޫދީން ބުނީ، އެ ތަނަށް ޙަމަލާ ދީފައި ވަނީ، އެ ތަނުގެ ދަށުގައި މުޖާހިދުންގެ ޖަމާޢަތްތަކުން ބިނާ ކޮށްފައިވާ ބިންގަރާސްތަކެއް ނައްތައިލުމަށް ކަމުގައެވެ. ނަމަވެސް، އެ މިސްކިތުގެ ދަށުގައި އެ ފަދަ އެއްވެސް ބިންގަރާހެއް ފެންނާކަށް ނެތެވެ. ޣައްޒާގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ޔަހޫދީން އެ މިސްކިތަށް ޙަމަލާދީ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ތާރީޚު ފުހެލުމުގެ ހީލަތްތެރި ނިޔަތުގައެވެ. ޢުމްރީ މިސްކިތުގެ އިތުރުން ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ ތާރީޚީ ބިނާތަކުގެ ތެރޭގައި ޤަޞްރު އަލް-ބާޝާ ނުވަތަ ބާޝާގެ ގަނޑުވަރު ހިމެނެއެވެ. އެއީ، 13ވަނަ ޤަރުނުގައި މިޞްރާއި ސޫރިޔާ އަދި ފަލަސްޠީނުގެ ބިންތަކުގައި ރަސްކަން ކުރެއްވި އަލް-ސުލްޠާން އަލް-ޛުހަޔިރު ބީބާސް ބިނާ ކުރެއްވި ގަނޑުވަރެކެވެ. އެ ތަން އެންމެ ފަހުން ބޭނުން ކޮށްފައި ވަނީ ދާރުލްއާސާރެއްގެ ގޮތުގައެވެ. އެ ތަން ވެސް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ވަނީ ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ގެއްލުން ދީފައިވާ ތާރީޚީ ބިނާތަކާއި ތަރިކަތައް އަލުން އާރާސްތު ކުރުމަށް 133 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި ފަލަސްޠީނުގެ ފަތުރުވެރިކަމާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބުގެ އެސިސްޓެންޓް ޖިހާދު ޔާސީން ވިދާޅުވިއެވެ. ތިން މަރުޙަލާއަކަށް ބަހައިލައިގެން އެ މަސައްކަތް ފެށުމަށް ފަލަސްޠީނުގެ އިދާރާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ ތަރިކައާ ބެހޭ އިދާރާ (ޔުނެސްކޯ)އާ ގުޅިގެން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
