
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނޭޝިޔާގެ ސުމަތުރާގެ އައްސޭރިފަށުގައި އޮންނަ އަޗެހް ޓަމިއަންގްއަކީ އެ ޤައުމަށް މި ފަހުން އެރި ތޫފާނުގައި ބޮޑެތި ގެއްލުންތައް ލިބުނު އެއް ސަރަޙަައްދެވެ. ތޫފާނުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިޘާތަކާއި ޗަކަ ފޭބުމުގެ ހާދިޘާތަކުގައި 916 މީހުން އެ ޤައުމުގައި މަރުވެފައިވާއިރު އޭގެ ތެރޭގައި އަޗެހް ޓަމިއަންގުން މަރުވި ގިނަ ޢަދަދެއްގެ މީހުން ވެސް ހިމެނެއެވެ. 274 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަޗެހް ޓަމިއަންގްގެ ރައްޔިތުން ބުނީ ތޫފާނުގައި އެ ސަރަޙައްދު އެއްކޮށް ސުންނާފަތިވެފައިވާއިރު އެ ސަރަޙައްދު އޮތީ އެހެން ސަރަޙައްދުތަކަށް ދިޔުމަށް ދަތިވާ ގޮތަށް ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށެވެ. އެހީދޭ މަރުކަޒުތަކަށް ދިޔުމަށް އަޗެހް ޓަމިއަންގްގެ ރައްޔިތުން ޖެހެނީ ވެއްޓިފައިވާ ގަސްތަކާއި ފެން ބޮޑުވުމުގެ ހާދިޘާގައި އޮޔާ ބެހިގެން ގޮސްފައިވާ ކާރުތަކުގެ ތެރެއިން ގަޑިއިރެއްހާއިރު ވަންދެން ހިނގާށެވެ. އުނދަގޫ ދަތުރަކަށްފަހު އެހީދޭ މަރުކަޒުތަކަށް ފޯރުމުން އެ މީހުންނަށް އަންނައުނާއި ބޯ ފެން ފޯރުކޮށްދެއެވެ.
އަޗެހް ޓަމިއަންގްގެ ބޯޑިންގ ސްކޫލެއްގައި ތިބި ދަރިވަރުންނަށް ވެސް ވަނީ އެ މަދަރުސާގައި މަޑުކުރުމަށް މަޖުބޫރުވެފައެވެ. ތޫފާނަށް ފަހު އެ ކުދިން އެ މަދަރުސާގައި ތިބޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ކާބޯތަކެތި ހޯދުމަށް އެކި ފަހަރު ދަނީ އެކި ކުދިންނެވެ. އެ ކުދިން ބުނީ މަގުތަކުގައި ހެދިފައިވާ ފެންގަނޑުން ފެން ނަގައި، އެ ފެން ކައްކައިގެން ބުއިމަށް މަޖުބޫރުވެފައިވާ ކަމަށެވެ. ސަރުކާރުން އެ ސަރަޙައްދު ބަލާލަން އައިސް ޙާލަތު ވަޒަންކޮށްލުމަށް އެ ކުދިން އެދެއެވެ. ސުމަތުރާގެ ސަރަޙައްދީ ސަރުކާރުން ވެސް ވަނީ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށް، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހަމަޖެއްސުމަށް މައި ސަރުކާރަށް ގޮވާލައިފައެވެ.
ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާތަކުން ޤަބޫލުކުރާ ގޮތުގައި ތޫފާނުގެ ސަބަބުން އިންޑޮނޭޝިޔާގެ ޙާލަތު އެހާ ބޮޑަށް ގޯސްވީ މައިން ކުރުމުގެ ސަބަބުންނާއި ގަސްކަނޑައި ޖަންގަލިތައް ހުސްކުރުމުގެ ސަބަބުންނެވެ. ފެންބޮޑުވި ބައެއް ސަރަޙައްދުތަކުން ގަސް ކަނޑާފައިވާ ކަމަށް ޝައްކުކުރެވޭ ބައެއް ކުންފުނިތައް އިންޑޮނޭޝިޔާގެ ސަރުކާރުން ދަނީ ތަހުޤީޤުކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
