
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކުރުމުންދާ އިތުރު މަޝްވަރާތައް މިހާރު އޮތީ ވަރަށް ނާޒުކު މަރުޙަލާއެއްގައި ކަމަށް ޤަޠަރުން ބުނެފިއެވެ. ދެ އަހަރު ދުވަހަށް ފަހު ޣައްޒާ ހަނގުރާމަ ހުއްޓާލާފައި ވަނީ އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލައި މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ އިތުރު މަރުޙަލާތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާއިރު، މަޝްވަރާތަކުގައި މައި މެދުވެރިއެއްގެ ދައުރު ޢަދާކުރާ އެއް ޤައުމުކަމަށްވާ ޤަޠަރުން ވަނީ އެއްބަސްވުމާ ގުޅޭގޮތުން ޤަޠަރުގައި މިހާރު ކުރިއަށްދާ ދައުޙާ ފޯރަމްގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކައިފައެވެ.
ޤަޠަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން އަބްދުލްރަޙްމާން އައްޘާނީ ވިދާޅުވީ ޣައްޒާގައި ފުރިހަމައަށް ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް އަދި ނުބުނެވޭނެ ކަމަށާއި، ފުރިހަމައަށް ހަނގުރާމަ ހުއްޓައިލުމަށް ޔަހޫދީ ސިފައިން ޣައްޒާއިން ފައިބަންޖެހޭ ކަމަށެވެ. އަދި އެ ސަހަރުގައި ހަމަޖެހުން ޤާއިމްކުރަން ޖެހޭ ކަމަށެވެ. އެ ކަން ޙާޞިލް ކުރެވޭނީ ޣައްޒާގެ ރައްޔިތުންނަށް ހުރަހެއް ނެތި އެ ސަހަރަށް ވަދެނިކުމެވިގެން ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށްފަހު ޣައްޒާގައި ދޭ ޢުދުވާނީ ޙަމަލާތައް މަދުވި ނަމަވެސް ޔަހޫދީން އަދިވެސް ޣައްޒާއަށް ޤަވާއިދުން ޙަމަލާދެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގެ ހަތް ރައްޔިތުން ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައެވެ.
ހަނގުރާމަ ހުއްޓައިލުމާ ބެހޭ އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރަމުންދާއިރު މިހާރު ވާހަކަދެކެވެމުންދާ މައިގަނޑު ނުކުތާތަކަކީ ޙަމާސުން ޔަހޫދީ ފަހު އަސީރުގެ ހަށިގަނޑު ޙަވާލުކުރުމާއި ޣައްޒާއާއި މިޞްރާ ދެމެދު އޮންނަ ރަފަޙް ހުރަސް އަލުން ހުޅުވައިލުމާއި ޣައްޒާގައި ވެރިކަންކުރާނެ އިންތިޤާލީ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތަކެވެ. ޣައްޒާގައި ޙަރަކާތްތެރިވުމަށް ބައިނަލްްއަޤްވާމީ ސަލާމަތީ ފައުޖެއް އެކުލަވައިލުމާ ގުޅޭ
ގޮތުން ވެސް ވާހަކަ ދެކެވޭއިރު އެ ފައުޖާ ގުޅޭ ނިންމުންތަކުގައި ދެބަސްވުންތައް ގިނައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
