
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ ޕައިލެޓުންނާ ގުޅިގެން ދިމާވެފައިވާ މައްސަލަ ފަސް ވަނަ ދުވަހަށް ދިގުދެމިގެންގޮސްފައިވާއިރު، އިންޑިޔާގެ ގިނަ ވައިގެ ބަނދަރުތަކުގައި އެތައް ހާސް ފަސިންޖަރުން ތާށިވެފައިވާތީ، ޓިކެޓުގެ އަގު ބޮޑުވުން ހުއްޓުވުމަށް، އިންޑިޔާގެ ސަރުކާރުން ޓިކެޓުގެ އަގުތައް ހިފަހައްޓައިފިއެވެ. މި މައްސަލަ ފެންމަތިވީ، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފެށުމާ ގުޅިގެން، އެއާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި އިންޑިގޯ ފޭލުވުމުންނެވެ.
މިކަމާ ގުޅިގެން، އިންޑިގޯއިން މިހާތަނަށް 1،000އަށް ވުރެ ގިނަ އުދުހުންތައް ކެންސަލްކޮށްފައިވާއިރު، މިއަދު އެކަނިވެސް ވަނީ 380އަށް ވުރެ ގިނަ ފްލައިޓު ކެންސަލްކުރަންޖެހިފައެވެ. މިކަމުގެ އަސަރު މުޅި އިންޑިޔާގެ އެތެރޭގެ އުދުހުންތަކަށް ކޮށްފައިވާއިރު، އިންޑިޔާ ސަރުކާރުން ވަނީ އިންޑިގޯއަށް ޙާއްސަ ލުއިތަކެއް ދިނުމުގެ އިތުރަށް، ތާށިވެފައިވާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އިތުރު މަގެއް ހޯދައިދިނުމުގެ ގޮތުން ރޭލު ދަތުރުތައް އިތުރުކުރަން ނިންމައިފައެވެ. އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ %60 ހިއްސާ ކުރާ އިންޑިގޯގެ ގިނަ އުދުހުންތައް ކެންސަލްވުމާ ގުޅިގެން، އެންމެ މަޤުބޫލު މަންޒިލުތަކަށް އެހެން އެއާލައިންތަކުގެ ޓިކެޓުގެ އަގު ވަނީ ބޮޑުކުރަން ފަށައިފައެވެ. އެއާ އެކު، ފަސިންޖަރުންނަށް ހަމަހަމަކަން ޤާއިމުކޮށްދިނުމުގެ ގޮތުން، ޓިކެޓު އަގު ހިފަހައްޓަން ނިންމައި، އިންޑިޔާ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، ޓިކެޓުގެ އަގުތައް ހިފެހެއްޓި ޢަދަދުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރަށްފަހު، ޓިކެޓުގެ އަގު އިންޑިޔާ ސަރުކާރުން ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
