
ކުލަބުން އޭނާ ބާކީކޮށްލައިފި ކަމަށާއި ކޯޗާ ވެސް ގުޅުމެއް ނެތް ކަމަށް ބުނެ ދެން އިތުރަށް ލިވަޕޫލްގައި ނުހުންނާނެ ކަމުގެ އިޝާރާތެއް މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ދީފި އެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ 3-3އިން ލީޑްސްއާ ކުޅެ ލިވަޕޫލް އެއްވަރުވި މެޗުގައި ސަލާހް އިނީ ބެންޗުގަ އެވެ. މިއީ ވިދިވިދިގެން އޭނާ ބެންޗުގައި އިން ތިން ވަނަ މެޗެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސްލާހް ބުނީ ކުރިއަށް އޮތް މެޗަށް ލިވަޕޫލްގެ ދަނޑަށް ދާނީ ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރަން ކަމަށެވެ.
“އަހަރެންނަކަށް ނޭނގެ އަހަރެންނަށް މިހެން ހަދަންވީ ސަބަބެއް. ކޯޗާ އެއްކޮށް ކުޅުން ކެނޑިއްޖެ. ކުރިން ވަރަށް ގާތް ގުޅުމެއް އޮތް. މިހާރު އެއްކޮށް ގުޅުން ކެނޑިއްޖެ. އަހަރެންނަށް މެޗަށް އައިއިރު ވެސް އަހަރެންނަށް އެނގޭ އަހަރެން ނާރުވާނެކަން. އަހަރެންނަށް ނުވިސްނޭ މިހެން ހަދަންވީ ސަބަބެއް. ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކަށް މިވަނީ އަހަރެން. އަހަރެންނަށް އިހުސާސް ކުރެވެނީ ކުލަބުން އަހަރެން ބަހުގެ ދަށަށް އެއްލާލައިފިހެން. ކޮންމެވެސް މީހަކު ބޭނުންވަނީ މިހާރު އަހަރެން މި ކުލަބުން ދާން،” ސަލާހް މެޗަށް ފަހު ބުންޏެވެ.
ހުސްވި ސީޒަނުގެ ޕްރެމިއާ ލީގުގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަލާހަކީ ލިވަޕޫލްގެ ތާރީހުގައި އެ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. މިހެންވުމާވެސް އެކު އޭނާ ބުނީ ކޮންމެ ދުވަހަކު ފުރަތަމަ 11އިން ޖާގަ ހޯދަން އޭނާ ވާދަކުރަން ނުޖެހޭނެ ކަމަށެވެ.

“އަހަރެން ސާބިތުކޮށްދީފިން އަހަރެންގެ މަގާމު. މިހެންވީމާ ކޮންމެ ދުވަހަކު އަހަރެން ނުޖެހޭނެ ވާދަ ކުރާކަށް. އއީ އަހަރެން ގަބޫލު ކުރާ ގޮތް. އެކަމަކު މިހާރު ކޮންމެވެސް މީހަކު ބޭނުންވަނީ އަހަރެން ކުލަބުން ދާން،” ސަލާހް ބުންޏެވެ. ލިވަޕޫލާއެކު މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާ ކުރި 33 އަހަރުގެ ފޯވަޑް ބުނީ އެކަން ކުރުމަކުން އޭނާ ދެރަ ނުވާ ކަމަށާއި ނަމަވެސް މިހާރު ބާކީކުރާކަން އިހުސާސްވެއްޖެ ކަމަށެވެ.
“އަހަރެން މި ކުލަބުގެ ކޮންޓްރެކްޓް އާކޮށްގެން ދެރައެއްނުވޭ. އަހަރެން ދެރަވަނީ އަހަރެންނާމެދު ކަންތައްތައް ކުރާ ގޮތުން. އަހަރެން ކުލަބާ ގުޅުން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކޮށްފިން. ކޯޗާ ވެސް އެތައް ފަހަރަކު ވާހަކަ ދައްކައިފިން. އެކަމަކު ދެން މިކަމެއް ނުވާނެ. އަހަރެންނަށް މިދިޔަ ސީޒަނަށް ފަހު ވީ ވައުދުތައް ކޮންމެވެސް މީހަކު ހަނދާން ނައްތާލައިފި. އަހަރެންނަކި ޕްރެމިއާ ލީގުގެ ރަންބޫޓޫ ހޯދި މީހާ. އެންމެ މޮޅު ކުޅުންތެރިޔާ. އަދި މި މަގާމުގައި ހުރީ އަހަރެން. އެކަމަކު ކަންތައްތައް މިހާރު މި ކުރާ ގޮތުން ވަރަށް މާޔޫސްވެއްޖެ،” ސަލާހް ބުންޏެވެ.
ސައޫދީ އަރަބިއާގެ ކުލަބުތަކުން ސަލާހް ގެންދަން ބޭނުންވެ އެވެ. ނަމަވެސް އޭނާ ބުނީ މިކަމާ މެދު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އުއްމީދު ކުރީ ލިވަޕޫލްގައި ރިޓަޔާކުރަން ނަމަވެސް ބޭނުންވާ ހުރިހާ ކަމެއްވެސް ނުވާނެ ކަމަށެވެ. އަދި އޭނާ ވަނީ ލިވަޕޫލްގެ ލެޖެންޑް އަދި މިހާރު ޓީވީ އެނަލިސްޓް ޖެމައިން ކޮންމެ މެޗަށްފަހު އޭނާ އަށް ފާޑުކިޔާތީވެ އެއީ ވެސް ލިވަޕޫލުން އޭނާއާ ދެކޮޅަށް ކުރުވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
