
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ތަރައްޤީ އަދި ވިޔަފާރިއާއިބެހޭ ވުޒާރާ)
ރާއްޖޭގައި ބޭއްވި ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ހުރިހާ އިވެންޓެއްގެ އެއްވަނަ އިންޑިއާއިން ހޯދައިފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި މުބާރާތް ރޭ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި މުބާރާތުގެ ހުރިހާ އިވެންޓެެއްގެ އެއްވަނަ އިންޑިއާއިން ހޯދިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެ ގައުމުގެ ކީރުތާނާ ލޯގަނާތަންއެވެ. އަދި ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޕްރަޝާންތު މޯރޭއެވެ.
މި މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަންވެސް އިންޑިއާއިން ހޯދިއިރު، އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެ ގައުމުގެ ކީރުތާނާ ލޯގަނާތަން އާއި ކާޖަލް ކުމާރީގެ ޕެއާއިންނެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސްރީނިވާސް ކޮމަރަވެއްލީ އާއި އަބީޖީތު ތުރިޕަންކަރުގެ ޕެއާއިންނެވެ. މީގެ އިތުރުން މި މުބާރާތުގައި ކުރިއަށްދިޔަ ސްވިސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޑިއާގެ އަބްދުލް އާސިފް އަބްދުލް ސަމަދެވެ.

(ފޮޓޯ ކްރެޑިޓްސް: އިމޭޖާސް އެމްވީ)
މި ފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ޓީމު އިވެންޓުން ރިހި މެޑެލް ހޯދާފައެވެ. މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ އަންހެނުންގެ ޓީމު އިވެންޓުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. މި ފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 ޤައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ވަނީ ވާދަކޮށްފައެވެ.
ކެރަމް ވޯލްޑް ކަޕަކީ އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން (އައީސީއެފް) އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ކެރަމް ވޯލްޑް ކަޕް ބޭއްވީ މީގެ 11 އަހަރު ކުރިން 2014 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓުގައެވެ
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
