
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސްއާއި ދެކޮޅަށް ނުކުތީ ޕޮއިންޓަކަށް އަމާޒުކޮށްގެންކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހިއްޖެކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓް ކޯޗު އާދަމް ޢަބްދުއްލަޠީފް (ލައްޗޭ) ބުނެފިއެވެ. އެ މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ލަޠީފް ބުނީ ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފިކަމަށެވެ. މެޗަށް ނުކުތީ ޕޮއިންޓަކަށް އަމާޒުކޮށްގެންކަމަށްވާއިރު އެއަމާޒަށް ވާސިލްވެވުނީ ކުޅުންތެރިންގެ ބުރަ މަސައްކަތުންކަމަށް އޭނާ ފާހަގަކޮށްފަވެއެވެ. “މިއަދުގެ މެޗުގަ އައީ ޕޮއިންޓު ހޯދަން އިރާދަކުރެއްވިއްޔާ. ޕޮއިންޓު ހޯދަން ކުދިން ވަރަށް ބުރަ މަސައްކަތްކޮށްފި” ލަޠީފް ބުންޏެވެ.
މިމެޗުގެ ކުރީކޮޅު ވިކްޓަރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެ ލަނޑަކީ ޓީމުގެ ކޮންފިޑެންސް ބިލްޑްވެގެން ދިޔަ ލަނޑެއްކަމަށް ލަޠީފް ސިފަކޮށްފަވާއިރު އޭނާ ބުނީ މެޗުގެ ވަކި ހިސާބަކުން އެއްވަރެއްގަ ކުޅުން ނުހިފެހެއްޓުމުން މެޗުގެ ނަތީޖާ ހަމަހަމަވީކަމަށެވެ. ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށްކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވެ ޓީމެއްގެ ގޮތުގައި އެއްކޮށް ފަރިތަކުރަމުން އަންނަކަމަށް އޭނާ ބުނެފަވެއެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގަ ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށް. އަދި ޓީމު އެއްކޮށް އަދި ކިރިޔާ މި ޓްރެއިންކުރަން ފުރުސަތުވެސް ލިބުނީ. އެހެންވީމަ މިއަދުގެ މެޗަކީ ކުދިންގެ ބުރަ މަސައްކަތުން ލިބުނު ޕޮއިންޓެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައުންޑްގަ ދެން ނުކުންނާނީ މިއަށްވުރެ ގަދަކޮށް” ލަޠީފް ބުނެފަވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ވިކްޓްރީން މޮޅު ކުޅުމެއްދައްކާ ލީޑު ނަގާފަވަނިކޮށް ފަހަތުން އަރާ އީގަލްސްއިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލަޠީފް ބުނީ މިހެން ދިމާވި މައިގަނޑު ސަބަބަކީ ދަނޑުގެ ވިނަގަނޑު ތެއްވެފައިވުމުން ކުޅުންތެރިންނަށް އެއްވަރެއްގައި ހިފަހައްޓާލުމަށް ދަތިވުންކަމަށެވެ. “އެހެންވީމާ ވާގޮތަކީ ވެޓް ޕިޗެއްގަ ބޯޅަ ހިފައިގެން ދުވަން ހަދައިފިއްޔާ ވާނީ ބޮޑަށް ގެއްލުން. އޭގެ ބަދަލުގަ ލިބޭ ބޯޅަ ޖަހާ ޕާސްކުރުން މި އިންނަނީ. ދެން އެހެންވިޔަސް އަހަރުމެންނަށް މެއިންޓެއިން ނުކުރެވިގެން އީގަލްސްއިން ދެ ގޯލު ޖެހީ” ލަޠީފް ބުންޏެވެ.
މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުނުކަމަށްވިޔަސް ޓީމުގެ ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތްތަނުގައި ޓީމުން ތަފާތެއް ދައްކާނެކަމަށާއި އެއް ބުރަށްވުރެ އަނެއް ބުރެއްގައި ޓީމުގެ ފެންވަރު ދާނީ މަތިވަމުންކަމަށް އޭނާ ބުންޏެވެ. ޓީމާއި އިތުރު ކުޅުންތެރިން ކުރިއަށް އޮތްތަނުގައި ގުޅޭނެކަމަށާއި އެއީ ޓީމަށް ލިބިގެންދާނެ އިތުރު ބާރަކަށްވާނެކަމަށް ލަޠީފް ބުނެފަވެއެވެ. “މިމުބާރާތުގަ މި ކުޅެނީ ޕޮޒިޓިވް ސައިން ހޯދަން. އެހެންވެއްޖިއްޔާ އިރާދަކުރެއްވިއްޔާ ދެވަނަ ބުރުގަ ހަމަ ވިކްޓްރީ ސްޕޯޓްސް ކުލަބު ރަނގަޅު ކާމިޔާބީއެއް ހޯދާނެ” ލަޠީފް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގަ ވިކްޓްރީ އޮތީ އީގަލްސްއަށްވުރެ ތިން ޕޮއިންޓު މަދުން ތާވަލުގެ 6 ވަނައިގައެވެ. ވިކްޓަރީއަށް ފުރަތަމަ ބުރު ނިންމާލިއިރު ހޯދިފަވަނީ 10 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
