
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅުންތެރިންގެ ހިތްވަރާއެކު ޓީމުދަނީ ކުރިއަރަމުންކަމަށާއި ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭކަމަށް އީގަލްސްގެ އެސިސްޓެންޓް ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއް ގައި ހަނީފް ބުނީ ސީޒަން ފެށުނުކޮޅު އީގަލްސްއިން ނެރުނު ނަތީޖާތައް މިހާރު ބަދަލުވެއްޖެކަމަށާއި އޭނާ ޓީމާއި ހަވާލުވުމަށްފަހު ޓީމުން ދައްކަމުންދާ ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އޭނާ ހަވާލުވުމަށްފަހު ޓީމަށް ލިބުނު 12 ޕޮއިންޓާއެކު ކުޅުންތެރިންގެ ހިތްވަރު އިތުރަށް އާލާވެއްޖެކަމަށް އޭނާ ސިފަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ގާތްގަނޑަކަށް 12 ޕޮއިންޓު ހަވާލުވިފަހުން ލިބިއްޖެ. އެހެންވީމާ ނަތީޖާއާއި ގުޅޭގޮތުން ބުނަންޖެހޭނީ މީގަ ހިތްހަމަނުޖެހެންޖެހޭ ސަބަބެއް ނެތޭ. ހިތްހަމަޖެހެންވާނެ، ކޮންމެ ގޮތެއްވިޔަސް ޓީމު އޮތް ހާލަތަކީ އައި އިރު ނާޒުކު ހާލަތެއް. ކުޅުންތެރިން ވަރަށް ބޮޑަށް އެފަޓް ލައިގެން މިހިސާބަށް މިއޮތީ އައިއްސަ” ހަނީފް ބުނެފަވެއެވެ. ލީގުގެ ފުރަތަމަ ބުރު ނިމި ޓްރާސްފަރ ބާޒާރު ހުޅުވިފަވާއިރު އެކަމަށް އިޝާރާތްކޮށް ހަނީފް ބުނީ ޓްރާންސްފަރގެ ބޭނުމަކީ ޓީމަށް ބަދަލުތަކެއް ގެނައުންކަމަށްވާއިރު އެ ބަދަލު ގެންނަން ކޮންމެ ޓީމަކުންވެސް ވިސްނަމުންދާނެކަމަށެވެ. އީގަލްސްއަށްވެސް އިތުރު ކުޅުންތެރިން ބޭނުންކަމަށް ފާހަގަކުރަމުން އޭނާބުނީ އެކަމަށް ގޮތެއް ނިންމާނީ ޓީމުގެ މެނޭޖްމަންޓުންކަމަށެވެ. “އަޅުގަނޑު ހަމަ ޔަގީނުންވެސް ކުޅުންތެރިން ބޭނުންވޭ. މިހާރު އަސްލު ބުނަންޏާ ބެންޗެއް ނެތް ރަނގަޅު. ވަރަށް ޒުވާން ކުޅުންތެރިންތަކެއް މިތިބީ. ޓްރާންސްފަރގަ ކުޅުންތެރިން ބޭނުން. ގޮތެއް ނިންމާނީ މެނޭޖްމަންޓުން” ހަނީފް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު ކުޅުނު 9 މެޗުގެ ތެރެއިން އީގަލްސްވަނީ 3 މެޗު ކާމިޔާބުކޮށް، 2 މެޗުން ބަލިވެފަވެއެވެ. އަދި 4 މެޗުން އެއްވަރުވެފަވާއިރު ލިބުނު 13 ޕޮއިންޓާއެކު ފުރަތަމަ ބުރު ނިންމާލީ ފަސްވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
