
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖެނުއަރީ 14-26 އަށް ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުކުރާ ގައުމީ ޓީމުގެ ފަރިތަކުރުންތައް ބޮޑަށް ކުރިޔަށް ގެންދަނީ އިންޑޯގައި ބޭނުން ކުރެވޭގޮތަށް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒް ބުނެފިއެވެ. މި މުބާރާތަށް ރާއްޖޭގެ ފުޓްސަލް ޓީމު ތައްޔާރުކުރުމަށް ހެޑް ކޯޗަކަށް އެފްއޭއެމް އިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ. ޒަކިރޯވް އާއި އެކު ގައުމީ ފުޓްސަލް ޓީމުގެ ސިލެކްޝަންގެ ތެރެއިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކަށް ފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އެސިސްޓެންޓް ކޯޗު ނިޔާޒް ބުނީ ސްކޮޑް ފައިނަލް ކުރުމަށްފަހު ޗައިނާގައި ޓްރޭނިން ކޭމްޕެއް ބޭއްވުމުގެ ފުރުސަތު ލިބިފައިވާތީ އެއީ ހިތްހަމަޖެހުމެއް ކަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވާ އެހެންގައުމުތަކުން މުބާރާތަށް ދަނީ އިންޑޯ މުބާރާތްތައް ކުޅެ އިންޑޯގައި ފަރިތަކުރުންތައް ބާއްވައިގެން ކަމަށާއި، ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށްވެސް ނިޔާޒް ފާހަގަކުރިއެވެ. “މައިގަނޑު ގޮތެއްގައި ހެޑް ކޯޗު ފާހަގަކޮށްފައިވަނީ ހުޅުމާލޭ ރެހެންދި ޓާފުގައި ކުރާ ޕްރެކްޓިސް އިންޑޯގައި އިމްޕްލިމެންޓް ކުރާށޭ އެންމެ އުނދަގޫވާނީ. އެހެންވީމަ ބޮޑަށް މި ބަލަނީ ރާއްޖޭގައި ކުރާ ހުރިހާ ޕްރެކްޓިސްތަކެއް އިންޑޯގައި އިންޕްލިމެންޓް ކުރެވޭގޮތަށް ކުރިޔަށް ގެންދިއުމަށް” ކަމަށް ނިޔާޒް ބުންޏެވެ. ނިޔާޒް ބުނީ މުބާރާތުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ކޭމްޕަކާއެކު ފަރިތަކުރުންތަކަށް ލިބޭ މުއްދަތުގައި ރަނގަޅަށް ތައްޔާރުވެވި މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭކަމަށެވެ.
އެންމެ ފަހުން އޭއެފްސީ ކޮލިފިކޭޝަނަށް ދިޔައިރުވެސް އިންޑޯއެއްގައި ފަރިތަކުރުމުގެ ފުރުސަތު ޓީމަށް ހޯދައިދޭން އެފްއޭއެމްއިން ވަރަށް މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް އެ ދަނޑިވަޅުގައި އެފުރުސަތު ނުލިބުނު ނަމަވެސް އެ މުބާރާތުގައި ރާއްޖޭގެ ޓީމުން ދެއްކި ކުޅުމާއި ފެންވަރު ރަނގަޅު ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްސެލް ކޯޗު ފާހަގަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިޔާޒު ބުނީ ހުރިހާ ކުޅުންތެރިންނަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިން ކަމަށާއި، އެހެންކަމުން ފިޓްނަސްގެ މާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ފިޓްނެސްއާއި ގޭމް ޓްރޭނިންއާއި ހުރިހާކަމެއް އެކުއެކީގައި ފަރިތަކުރުންތަކުގައި ކުރިޔަށް ގެންދެވޭނެކަމަށް ނިޔާޒް ފާހަގަކުރިއެވެ. “ހެޑް ކޯޗު ފާހަގަ ކުރި ގޮތަށް ފުޓްސަލް ލީގެއް ރާއްޖޭގައި ނެތުން އެއީ ވަރަށް ބޮޑު ހީނަރުކަމެއް އާދޭ. ކޮންމެ ގޮތެއްވިޔަސް ގޭމަކީ އިންޑޯގައި ކުޅޭ ގޭމަކަށްވެފައި ރާއްޖޭން ބޭރުގެ ހުރިހާ ކުޅުންތެރިން މި ކުޅެނީ ހަމަ އިންޑޯގައި. އެހެންވީމަ އެމީހުންނާއި އަޅުގަނޑުމެންނާއި އެބައި ވަރަށް ވީކުވާނެ ހޭނުމުގެ ބައި” ނިޔާޒު ބުންޏެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި އެންމެ ފުރަތަމަ ރާއްޖެ ކުޅެންޖެހޭ މެޗަށް އިޝާރާތް ކުރަމުން އެސިސްޓެންޓް ކޯޗު ނިޔާޒް ބުނީ ރާއްޖެ ވާދަކުރަންޖެހޭ ގައުމު، ޕާކިސްތާނަކީ ސާފް ސަރަހައްދުގައި އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި، އެ މެޗު އުނދަގޫވާނެ ކަމަށެވެ.
“އެގައުމުން ޓޯނަމަންޓްތަކާއި އެއްޗހި ބާއްވަމުން އަންނަނީ. ފުދޭ ވަރަކަށް ޓަފްވާނެއޭ އަޅުގަނޑު ބުނާނީ” ނިޔާޒް ބުންޏެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނިކުންނާނީ 14 ޖެނުއަރީގައި މި ސަރަހައްދުގެ ގަދަ ބާރެއް ކަމުގައި ބަލާ ޕާކިސްތާނާއި ދެކޮޅަށެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ.
އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ. ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.
About Post Author
މާދަމާ ނިއުސް
ބީއެމްއެލްގެ އިތުރު ފީއެއް، ޢަމަލު ކުރަނީ އުސޫލާ އެއްގޮތަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ "ޝެޑިއުލް އޮފް ޗާޖެސް" ގައި ނުހިމެނޭ އިތުރު ފީއެއް ނަގާ...
ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒުގައި ރާއްޖެއިން ބައިވެރިވެއްޖެ
ސްޕެއިންގެ ބާސެލޯނާގައި މިމަހު ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކަނޑުމަހުގެ އުފެއްދުންތަކުގެ މައުރަޒުގައި ރާއްޖޭގެ މަސްވެރި ކުންފުނިތަކުން ބައިވެރިވެ، ދިވެހި މަސްވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި...
“ކަނޑުމަސް ބޭރުކުރުމުގެ، މަޝްވަރާގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ”
ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް...
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ %11.6 އިތުރުވެއްޖެ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި...
ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސިޗުއާން ޕްރޮވިންސަށް
ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ސީޗުއަންގެ ވަފުދެއް ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި...
“ޓެކްސީ ނަފާ ލޯނު ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަށް އިންސާފުވެރި ޙައްލެއް ހޯދައިދެއްވާނެ ކަމަށް...
