
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވިކްޓަރީ ސްޕޯޓްސް ކުޅުނު މެޗު އެއްވަރުވެ ލީގުގެ ކުރީގަ ފޯރިގަ ވެއްޖެއެވެ. މިމެޗު ނިމުނީ 2-2 އެއްވަރުވެގެންނެވެ. ލީގުގެ އެންމެ ކުރީގަ އުޅޭ ތިން ޓީމުން ވެސް ދެމެޗު ކުޅެފަވާއިރު ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. އޮޑި ސްޕޯޓްސް ކުލަބް އެއްވަނައިގައި އޮތީ 4 ޕޮއިންޓާ ފައިދާ 7 ލަނޑާއެކުއެވެ. ދެވަނައިގަ ވިކްޓަރީ އޮތީ 4 ޕޮއިންޓާ ފައިދާ 6 ލަނޑާއެކުއެވެ. ތިންވަނައިގަ މާޒިޔާ އޮތީވެސް ހަތަރު ޕޮއިންޓާއެކުވެ. އެކަމަކު އެޓީމަށް ލިބިފަވަނީ ފައިދާ ދެ ލަނޑެވެ. މާޒިޔާ އިން މިމެޗަށް ނުކުތީ ނޭޕާލްގެ ގައުމީ ޓީމުގެ ދެކުޅުންތެރިން ކަމަށްވާ ރޭކާ ޕުޑެލް އާއި ދީޕާ ޝާހީއެކުއެވެ. މި ދެކުޅުންތެރިންނަށް މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ނުކުޅެވުނީ ނޭޕާލުގެ ގައުމީ ޓީމުގެ މުހިއްމު މެޗެއް އޮތުމުގެ ސަބަބުންނެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު އެޓޭކުގައި ގިނަ ހަމަލާތައް އުފެއްދީ ވިކްޓަރީންނެވެ. މެޗުގެ 7 ވަނަ މިނިޓުގައި ވިކްޓަރީ މަރިޔަމް ނައުފާ ފުރުސަތެއް ތަނަވަސް ކުރި ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ވަނީ އަތުލާފައެވެ. މާޒިޔާ އިން ލަނޑުޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގައި 10 ވަނަ މިނިޓުގައި މާޒިޔާގެ ޑިފެންޑަރ އައިޝަތު މާހިން ފޮނުވާލި ދިގު ބޯޅައެއްގައި އޭރިޔާތެރެއަށްވަދެ ނޭޕާލުގެ ގެ ފޯވާޑް ރޭކާ ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑަށްފަހު ވެސް ވިކްޓަރީ ވަނީ މާޒިޔާ ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން އޭރިޔާ ބޭރުން އެޓީމުގެ އުޒްބެކިސްތާން ކުޅުންތެރިޔާ ސަފީނާ ރުޝާނިޔާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނެވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މެޗުގެ 26 ވަނަ މިނިޓުގައި މާޒިޔާގެ ރޭކާ ހިފައިގެން އޭރިޔާތެރަށް ވަތް ބޯޅައެއް ކީޕަރު ވަނީ އަތުލާފައެވެ. މާޒިޔާ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 30 ވަނަ މިނިޓުގައި ރޭކާ އަށް ލިބުނު ބޯޅައެއް އެރިއާތެރެއަށް ވަދެ ގޯލަށް ވައްދައިލައިގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ވިކްޓަރީއެކެވެ. ދެވަނަ ހާފު ފަށައިގެން ވިކްޓަރީ ވަނީ ފުލުފުލުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކޮއްފައެވެ. މާޒިޔާ މިހާފުގައި މާ ނުރައްކާތެރި ހަމަލާއެއް ވިކްޓަރީ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގައި ވިކްޓަރީ ޖެހި ފުރަތަމަ ލަނޑަކީ 46 ވަނަ މިނިޓުގައި ރުސްތަލޭވް ލޭލާ ރަމްޝޮވާނާ އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް ފުނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކުރި ލަނޑެކެވެ.
މި ލަނޑާއެކު ވިކްޓަރީގެ ކުޅުން އަވަސްވެ މެޗުގެ ފޯރިގަދަވެގެން ދިޔައިރު ވިކްޓަރީ ނަތީޖާ ހަމަހަމަ ކުރީ ލޭލާ ނަގައިދިން ކޯނަރެއް މާޒިޔާ ޑިފެންޑަރުންނަށް އޭރިއާ ތެރެއިން ސާފުކޮށްނުލެވިގެން އުޅެނިކޮށް ވިކްޓަރީގެ އައިޝަތު ޝަހާ ޝަރީފް ބޯޅަ ގޯލަށް ވައްދައިލައިގެންނެވެ. މި ލިގުގައި މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
