
އެމެރިކާގެ މޭޖަރ ލީގު ސޮކަރ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިންޓަރ މަޔާމީ އިން ހޯދައިފި އެވެ. އިންޓަރ މަޔާމީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗޭސް ސްޓޭޑިއަމްގައި ވެންކޫވަރ ވައިޓްކެޕްސް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. 2023 ވަނަ އަހަރު މޭޖަރ ލީގުގެ ކްލަބާއި ލިއޮނެލް މެސީ ގުޅުނުއިރު ތާވަލުގެ ފަހަތުގައި އޮތް އިންޓަރ މަޔާމީ އިން އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ މި ސީޒަނުގައި ޖުމްލަ 81 ލަނޑު ޖަހާފަ އެވެ.
މި މެޗުގައި އިންޓަރ މަޔާމީ އިން ކުރި ހޯދާފައިވަނީ މެޗުގެ އަށްވަނަ މިނިޓުގައި ވައިޓްކެޕްސްގެ އެޑިއާ އޮކަމްޕޯ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް މެޗުގެ 60 ވަނަ މިނިޓުގައި ޖަރުމަނުގެ މަޝްހޫރު ފޯވަޑް ތޯމަސް މުލާވެސް ކުޅެމުންދާ ވައިޓްކެޕްސްގެ އަލީ އަހުމަދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިންޓަރ މަޔާމީ އަށް މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދަދީފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ލިއޮނެލް މެސީ ދިން ޕާހަކުން ރޮޑްރިގޯ ޑިޕޯލް ކާމިޔާބުކޮށްދީފައިވާ ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި މެސީގެ އިތުރު އެސިސްޓަކުން ޓަޑެއޯ އަލެންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
