
އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 4 ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބަޖެޓް ފާސްކުރި ދުވަސްކަމަށްވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވެފައިވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީގައެވެ.
މިއަހަރުގެ ބަޖެޓުން 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރި ނަމަވެސް، ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވުމުން އަންނަ އަހަރު ފައިސާ ލިބޭ ލިސްޓުން އަދާލަތު ޕާޓީ އުނިވާނެއެވެ. މިއަހަރު އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް ކަމަށްވާއިރު، ދެވަނައަށް އެމްޑީޕީއަށެވެ. ޖޫން މަހުގެ ނިޔަލަށް 10،000 މެންބަރުން ތިބީ 3 ޕާޓީއެއްގައި ނަމަވެސް، ބަޖެޓް ފާސްކުރި ތާރީޚާ ހަމައަށް މި އަދަދު 4 އަށް އިތުރުވެފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދޫކުރެއެވެ. މިވަގުތު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީ ހިމެނޭއިރު، އޭގެ ތެރެއިން ގިނަ ޕާޓީތަކުގެ މެންބަރުން 10،000 އަށް ނުވާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ޤާނޫނުގައި ބުނާ 3000 މެންބަރުން ވެސް ހަމައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
