
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން “ވާނުވާ” ބަންދުގެ މައްސަލަ ފަސް މިނިޓުން ހައްލު ކުރެވޭނެ ކަމަށް ވިދާޅުވާއިރު، އެ މައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވައި އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތާސްކުޅުއްވައިގެން އިންނެވީ ކަމަށެވެ. ޝުޖާއު ވަނީ “ވާނުވާ” ބަންދު ތައާރަފުކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި، ޔާމީންގެ ވެރިކަމުގައި އެކަން އިތުރުވެ، ސޯލިހުގެ ވެރިކަމުގައި ވެސް ހައްލެއް ނުހޯދުވާ ކަމަށް ވިދާޅުވެ، މީގެ ކުރީގެ ތިން ސަރުކާރަށް ވެސް ފާޑުވިދާޅުވެފައެވެ. ޝުޖާއު ދެކެވަޑައިގަންނަވާ ގޮތުގައި މި މައްސަލައިގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމު ޝަރުއީ ދާއިރާއަށް ފަހިކޮށްދިނުމެވެ. އަދި މިކަން ހެޔޮނިޔަތުގައި ހައްލު ކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނިޓުގެ ތެރޭގައި ދޫކޮށްލެވިދާނެ ކަމަށް ބުނެވުނަސް، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، ޓެރަރިޒަމްގެ އަމަލުތައް ހިންގައި، މީހުން މަރައި، ޑްރަގް ޓްރެފިކިން ކުރާ މީހުން ބަންދުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލައިގެ ހައްލަކީ ކޯޓުތަކަށް ވަސީލަތްތައް ފަހިކޮށްދިނުން ކަމަށް ވާއިރު، މިހާރު ވެސް ވަނީ އެކަން ކޮށްދެއްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކޯޓު ރޫމްގެ ޖާގަ އިތުރުކުރުން ހިމެނެއެވެ.
ރައީސް މުއިއްޒު ދެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވާނުވާ ބަންދުގައި މިހާރު 314 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުންނާއި، ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުންނާއި، މާރާމާރީގެ ތުހުމަތުގައި 70 މީހުންނާއި، ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި 116 މީހުން ހިމެނެއެވެ. މީގެ އިތުރުން ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުމާއި މީހުން ކިޑްނެޕް ކުރުން، ހިއުމަން ޓްރެފިކިން، އެއްޖިއްސުން ގުޅުން ހިންގުން، ތަންތަނުގައި ހުޅުޖެހުމާއި ސްމަގްލް ކުރުން ފަދަ ކުށްތަކުގެ ތުހުމަތުވާ މީހުން ވެސް ތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ “ވާނުވާ” ކަމަށް ބަލާ އުސޫލަށް، މިހާރު ހުރި ގިނަ މައްސަލަތައް ނުވެސް ފެތޭ ކަމަށާއި، ގިނަ މީހުންނަށް އެ މީހުންގެ ޝަރީއަތް ތާވަލުކުރާ ދުވަސްތަކުގެ މައުލޫމާތު އެނގޭ ކަމަށް ވެސް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
