
އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. އެއީ ހިތަދޫ ކޮންމުލީ އަލީ ނަދީމް (30)، ފަލާހު ހާފިޒު ފައުޒީ (31)، ވެޔޮފެހެބުރުގެ އިބްރާހިމް ސިރާޖު (43)، ދޮރުފޮތިމާގެ ހަސަން އަލްފާފް (28)، އަދި ކެކުރިމާގެ އަމީން މުހައްމަދު (23) އެވެ. މި އެންމެންނަކީ ވެސް ހިތަދޫ “މައިލޯ” ގުރޫޕަށް ނިސްބަތްވާ މީހުން ކަމަށާއި، މި ގުރޫޕުގެ އެންމެ އިސް މީހަކީ ނަދީމް ކަމަށް ފުލުހުން ބުނެ އެވެ.
ކޯޓަށް ހާޒިރުކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގަށް 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ ފަސް ދުވަހެވެ. ފުލުހުން ބުނީ، މި ފަސް މީހުން ހިމެނޭ ނެޓްވޯކްގެ މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށާއި، މި ނެޓްވޯކުން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި ކަމަށް ހޯދިފައިވާ ކަމަށެވެ. ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި ފާއިތުވި ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި ހައްޔަރުކުރުންތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހު ފެށި “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ކުރެވުނު ކަންކަމެވެ. މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރީގައި އެންމެ އިސްކޮށް އުޅޭ ފަރާތްތަކަށެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެއްވެސް މީހަކަށް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނުލިބޭނެ ކަމަށެވެ މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ފާސްކޮށްފަ އެވެ. މި އިސްލާހުތަކުގެ ދަށުން މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަން ސާބިތުވާ މީހުންނަށް، ވަކި ބަރުދަނަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައިވާނަމަ އަދި އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވާނަމަ މަރުގެ އަދަބު ދެވޭނެ އެވެ. އަދި އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް މި ބިލުގައި ހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
