
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި އިންގްލެންޑް ހިމެނިފައިވަނީ އުނދަގޫ ގްރޫޕެއްގައި ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ. އެމެރިކާގެ ވޮޝިންޓަން ޑީސީ ގައި ރޭ ބޭއްވު ގުރުއަތުލުމުގައި އިންގްލެންޑް ހިމެނިފައިވަނީ ކްރޮއޭޝިޔާ އާއި ގާނާގެ އިތުރުން ޕެނަމާ އާއިއެކު ގްރޫޕް އެލް ގައެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އިންގްލެންޑް ނިކުންނާނީ ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ. ކްރޮއޭޝިޔާ އަކީ 2018 ވަނަ އަހަރު ރަޝިޔާ ގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރުމަށްފަހު އެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާފައިވާ ޓީމެވެ.
ގުރުލުމުގެ ރަސްމިއްޔާތަށްފަހު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައިވަނީ މިއީ އުނދަގޫ ގްރޫޕެއް ކަމަށާއި ކްރޮއޭޝިޔާ އާއި ގާނާ އަކީ ވޯލްޑްކަޕަށް އައު ޓީމުތަކެއް ނޫން ކަމަށެވެ. އަދި ޕެނަމާ އާއި ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޓީމުގެ ކަންތައްތައް ދިރާސާ ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. “ގާނާ އާއި ކްރޮއޭޝިޔާ އަކީ ވޯލްޑްކަޕްގައި ވާދަކޮށްފައިވާ ޓީމުތަކެއް އަދި އެ ޓީމުތަކަށް މިފަދަ މުބާރާތެއްގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން.” ޓުޗެލް ބުންޏެވެ. “ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖެއްގެ މެޗުތައް އަހަރެންނަށް ހަމައެކަނި ތަޖުރިބާ ކުރެވިފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައެވެ. އެހެންކަމުން އަހަރެއް މި ފަހަރުވެސް ނިކުންނާނީ އިދިކޮޅު ޓީމަށް އިހުތިރާމުކޮށްގެން ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމަށް.” ޓުޗެލް އިތުރަށް ބުންޏެވެ.
އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕުން އިންގްލެންޑް ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ވަނަނުދީ ވަރަށް ފުރިހަމަ ރެކޯޑަކާއިއެކުގަ އެވެ. ޖުމްލަ 48 ޓީމު ވާދަކުރާ ގޮތަށް ވޯލްޑްކަޕްގެ ފޯމެޓަށް ބަދަލު ގެނެސް މި ގޮތަށް މުބާރާތް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
