
(ފޮޓޯ ކްރެޑިޓްސް: ފީފާ ވާލްޑްކަޕް ފޭސްބުކް ޕޭޖް)
އެމެރިކާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގިއިރު ކުރީގެ ބައްދަލުވުންތައް އަލުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ގްރޫޕް އޭ: މެކްސިކޯ، ސައުތު އެފްރިކާ، ދެކުނު ކޮރެޔާ، ޔޫއޭފާ ފްލޭއޯފް ޑީގެ ޗެމްޕިއަން
ގްރޫޕް ބީ: ކެނެޑާ، ޔޫއޭފާ ފްލޭއޯފް ބޭގެ ޗެމްޕިއަން، ގަތަރު އަދި ސްވިޒަލޭންޑް
ގްރޫޕް ސީ: ބްރެޒިލް، މޮރޮކޯ، ހައިޓީ، ސްކޮޓްލޭންޑް
ގްރޫޕް ޑީ: އެމެރިކާ، ޕެރަގުއޭ، އޮސްޓްރޭލިޔާ، ޔޫއޭފާ ފްލޭއޯފް ސީގެ ޗެމްޕިއަން
ގްރޫޕް އީ: ޖަރުމަނު، ކުރަކާއޯ، އައިވަރީކޯސްޓް، އިކުއެޑޯ
ގްރޫޕް އެފް: ނެދަލޭންޑްސް، ޖަޕާން، ޔޫއޭފާ ފްލޭއޯފް ބީގެ ޗެމްޕިއަން އަދި ޓިއުނީޝިއާ
ގްރޫޕް ޖީ: ބެލްޖިއަމް، މިސުރު، އިރާން، ނިއުޒީލޭންޑް
ގްރޫޕް އެޗް: ސްޕޭން، ކޭޕްވާޑޭ، ސައޫދީ އަރަބިއާ، އުރުގުއޭ
ގްރޫޕް އައި: ފްރާންސް، ސެނަގާލް، ފީފާ ޕްލޭއޯފް 2 ގެ ޗެމްޕިއަން، އަދި ނޯވޭ
ގްރޫޕް ޖޭ: އާޖެންޓީނާ، އަލްޖީރިއާ، އޮސްޓްރިއާ، ޖޯޑަން
ގްރޫޕް ކޭ: ޕޯޗުގަލް، ފީފާ ޕްލޭއޯފް 1 ގެ ޗެމްޕިއަން، އުޒުބަކިސްތާން، ކޮލަމްބިއާ
ގްރޫޕް އެލް: އިންގްލޭންޑް، ކްރޮއޭޝިޔާ، ގާނާ އަދި ޕެނަމާ
މި ގްރޫޕްތަކަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އިނގިރޭސީން ހިމެނޭ ގްރޫޕެވެ. 2018 ވަނަ އަހަރުގެ މުބާރާތް އިނގިރޭސިން ފެށީ ޕެނަމާ ކޮޅަށް ހަ ލަނޑު ޖަހައިގެންނެވެ. ދެން އެންމެ ފާހަގަކޮށްލެވޭ ގްރޫޕަކީ ބްރެޒިލާއި މޮރޮކޯ އާއި ސްކޮޓްލޭންޑް ހިމެނޭ ގްރޫޕެވެ. މި ތިން ގައުމު 1998ގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނީ އެއް ގްރޫޕެއްގަ އެވެ. ފްރާންސާއި ސެނަގާލްގެ ހަނދާން އެންމެ ގިނަ ބަޔަކު ހުންނާނީ 2002ގެ ވޯލްޑް ކަޕުންނެވެ. ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި އައިސް ފްރާންސް ފުރަތަމަ ބުރުން ކެޓީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސެނަގާލް އަތުން ބަލިވުމަށްފަހު އެވެ. މެކްސިކޯ އާއި ދެކުނު ކޮރެޔާ 2018ގައި ވެސް ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. މިހެންވެ މިއީ ކުރީގެ ހަނދާންތަކާއެކު ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
