
އޭނާގެ މަސައްކަތުން ދުނިޔޭގާއި މިހާރު ސުލްހަ މަސަލަސްކަން ގާއިމް ކުރެވިއްޖެނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ފީފާ އިން ފުރަތަމަ ފަހަރަށްދިން ސުލްހައިގެ އިނާމް ލިބިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ސެންޓަރުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަތްފަހުން ވަރަށް ގިނަ ހަނގުރާމަތަކާއި ހަނގުރާމަ ފަށައިގަންނަން އުޅުނު އެތައް ގައުމެއް ވެސް މިހާރު ސުލްހްކޮށްފައިވާނެ ކަމަށެވެ.
އަދި އެތައް ބަޔަކު މަރުވަމުންދަނިކޮށް ކަންކަން ހަމަޔަކަށް އަޅުވައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ. މި ގޮތުން ޕާކިސްތާނާއި އިންޑިޔާ ހަނގުރާމައެއް ފަށައިގަންނަން އުޅެނިކޮށް އެކަން ހުއްޓުވުނު ކަމަށާއި ފަލަސްތީނުގެ ޢައްޒާގެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ވެސް ނިވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. “މިއީ ހަގީގަތުގައި އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު، އެވޯޑަށްވުރެ އިތުރަށް އަހަރުމެން ވަނީ އެތައް ފުރާނައެއް ސަލާމަތްކޮށްދީފައި. ކޮންގޯ އަކީ މިސާލެއް. އިންޑިޔާ ޕާކިސްތާން ވެސް. ވަރަށް ގިނަ ތަފާތު ގައުމުތަކުގެ ހަނގުރާމަތައް ބައެއް ފަހަރު އެމީހުން އެކަން ފެށުމުގެ ކުރިން މި ވަނީ ނިމުމަކަށް ގެނެސްފައި،” ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕަށް މި އިނާމް ދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އެވޯޑަކާއި ސުލްހައިގެ މެޑަލްގެ އިތުރުން ހާއްސަ ސެޓްފިކެޓެއް ޓްރަމްޕަށް ދެއްވުމަށްފަހު އޭނާ ވިދާޅުވީ ދުނިޔޭގައި އެންމެ މުހިންމު އެއްޗަކީ ހަމަޖެހުން ކަމަށާއި ދުނިޔެ އަށް އުފާވެރިކަން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފުޓްބޯޅަ ކަމަށެވެ. އަދި ޓްރަމްޕް ވަނީ ދުނިޔޭގެ ހަމަޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
