
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ޓީ-10 ސްމޭޝް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލްއިން ހޯދައިފިއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވިޗެންޒާއާއި ވާދަކޮށް 52 ރަން އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިމުބާރާތުގެ ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވައި، ޗެމްޕިއަން ޓީމަށާއި، ރަނަރަޕް ޓީމަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަންއެވެ.
މޯލްޑިވްސް ޓީ-10 ސްމޭޝް ކުރިކެޓް މުބާރާތުގެ ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 46 ރަން އިން 4 ވިކެޓް ނެގި ސީބީއެލްގެ ތަރަކަ ރުވާންއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ މިމުބާރާތުގަ 255 ރަން ހަމަކުރި އެމްއެސްއެޗްއެޗްއެސްއޭގެ އެރަންޑާ ސަންޖީވާއެވެ. މީގެ އިތުރުން 7 ވިކެޓު ނެގި މާލޭ ސްޕޯޓްސްގެ އިބްރާހިމް ރިޒާންއަށް މުބާރާތުގެ އެންމެ މޮޅު ބޯލަރުކަން ލިބުނުއިރު، މުބާރާތުގެ ހުރިހައި ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ 498 އެމްވީޕީ ޕޮއިންޓާއެކު މާލޭ ސްޕޯޓްސްގެ މުޙައްމަދު ޝިޔާމެވެ.

(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސީބީއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙުމަދު ޙުސައިން ވިދާޅުވީ މުބާރާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ. މިމުބާރާތް ކުރިއަށް ދިޔައީ 10 އޯވަރު ކުޅޭގޮތަށްކަމަށާއި، މިއީ މިހާރު ކުރިކެޓުގައި އެންމެ ގިނަ ބަޔަކު ސަޕޯޓުކުރާ ފޯމެޓްކަން އޭނާ ހާމަކުރެއްވިއެވެ. “މިހާރު ކުރިކެޓުގައި މި ވާގޮތަކީ ކުރު ފޯމެޓްތައް މިވަނީ މިހާރު އެންމެ ވާދަވެރި އެންމެ މީހުން ބަލާހިތްވާ، އެންމެ ކުޅޭ ހިތްވާ ފޯމެޓަށް. އެއީ ވަރަށް ކުޑަ ވަގުތުކޮޅެއްގައި ނިމިފައި، ކުޑަ އޯވަރުތަކެއްގަ ސްކޯކުރަން ބޭނުންވާތީ، އާންމުކޮށް ހައެއް ހަތަރަކަށް ޖަހަން މަސައްކަތްކުރަމުންދާނީ. އެހެންވީމަ ވަރަށް ފޯރީގަ ކުޅެމުން މިދިޔައީ މުބާރާތް” އަޙުމަދު ވިދާޅުވިއެވެ.
މިމުބާރާތް ކުރިއަށް ދިޔައީ މިދިޔަ ނޮވެމްބަރުމަހުގެ 14 އިން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައެވެ. މި މުބާރާތުގައި ވާދަކޮށްފައިވަނީ މިވަގުތު ރާއްޖޭގެ އެންމެ ވަރުގަދަ ހަ ޓީމެވެ. ހަފްތާ ބަންދުގައި މެޗުތައް ކުޅެފައިވާ މި މުބާރާތުގައި ވާދަކުރި ޓީމުތަކަކީ ސީބީއެލް، މާލޭ ސްޕޯޓްސް، ނިއު ސްޓާރ، ކޮމެޓްސް، ވިޗެންޒާގެ އިތުރުން އެމްއެސްއެޗްއެޗްއެސްއޭއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
