
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި އޮޑި ސްޕޯޓްސް ކުލަބުގެ ފާތުމަތު ސާލިޔާގެ ހަތަރު ލަނޑުން މޮޅުވެ އޮޑި ސްޕޯޓްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ. އޮޑި މެޗު ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 7-0 ލަނޑުންނެވެ.
ބޮޑު މޮޅަކާއެކު މެޗު ކާމިޔާބު ކުރި އޮޑިން ވަނީ ދެމެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ފުރަތަމަ 2 މެޗުން ބައިކޮޅަށް ވަތް 13 ލަނޑާއެކު ޓީސީ އޮތީ ތާވަލުގެ ފުލުގައެވެ. ހެންވޭރު ދަނޑުގައި ކުޅުނު މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ އޮޑިންނެވެ. މެޗުގައި ޓީސީ އަށް އޮޑީގެ ގޯލާހަމަޔަށް ބޯޅަ ހިފައިގެން ދެވިފައެއް ނުވެއެވެ. މެޗުގެ 5 ވަނަ މިނިޓު ތެރޭގައި އޮޑިއަށް ގޯލު ހުޅުވައިލައިދިނީ ކެޕްޓަން ފާތުމަތު ސާލިޔާއެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މެޗުގެ 9 ވަނަ މިނިޓުގައި އޮޑިއަށް ދެވަނަ ލަނޑު ޖަހައިދިނީ ފަރަހަ އަހުމަދެވެ.
މެޗުގެ 17 ވަނަ މިނިޓުގައި އަލްތާފް މުޙައްމަދު ވަނީ އޮޑިއަށް ތިންވަނަ ލަނޑު ޖަހާދީފައެވެ. އޮޑިން ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ ލބުނު ޕެނެލްޓީއަކުން ސާލިޔާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 29 ވަނަ މިނިޓުގައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި ލިބުނު ޕެނެލްޓީއަކުން ފާތުމަތު އިނާޝާ އާދަމްއެވެ. މެޗުގެ 45 މިނިޓުގައި ޝާލިޔާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް އޮޑިއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އޮޑީގެ ހަވަނަ ލަނޑު ޝާލިޔާ ކާމިޔާބުކޮށްދިނީ މެޗުގެ 59 މިނިޓުގައެވެ. ލީގުގައި މިއަދު ކުޅޭނީ ވިކްޓަރީ އާއި މާޒިޔާއެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
