
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކޮށް، އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއީ ރައީސް މުއިއްޒު މިއަހަރުގެ ކުރީކޮޅު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސާދީ، އަމިއްލަ ވިޔަފާރި، ދަނޑުވެރިކަން، މަސްވެރިކަން، އާޓިފިޝަލް އިންޓެލިޖެންސް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. ރައީސް މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ސައުދީ ސަރުކާރުން ދެއްވި އެހީތެރިކަމާއި، އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަށް މަތީ ފެންވަރުގެ ވަފްދެއް ފޮނުއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ސައުދީ ވަފްދުން ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއެކު އިތުރު މަޝްވަރާތައް ކުރިއަށްގެންދާނެއެވެ. ސައުދީއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
