
(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންގެ ހިދުމަތް “ރީސެޓް” ކުރުމަށް ބޭއްވި ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށެވެ. މި ކޮންފަރެންސްގައި، ފުލުހުންގެ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް، އަދި ބިދޭސީންގެ ފަރާތުން ކުރިމަތިވާ ކަންކަން ހައްލު ކުރުމަށް އަމާޒު ހިފާނެ ދާއިރާތަކެއް ކަނޑައަޅާފައިވެ އެވެ. މިއީ ފުލުހުންގެ ހުރިހާ ކޮމާންޑަރުން ބައިވެރިކޮށްގެން ބޭއްވުނު ފުރަތަމަ މިފަދަ ބޮޑު ކޮންފަރެންސް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ އިދާރާ އަކީ ދައުލަތުން ބޮޑު ހަރަދެއް ކުރާ ތަނެއް ނަމަވެސް، އެތައް އަހަރެއް ވަންދެން ރަނގަޅު ނުކުރެވި ހުރި ގިނަ ކަންކަން ހުރި ކަމަށެވެ. އަދި ފުލުހުންގެ މުޅި ސިސްޓަމް “ފެއިލް” ވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް އޭނާ ފާޅުގައި ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ބޭނުންފުޅުވަނީ ތަހުގީގުތައް އަވަސްކުރުމާއި، މަގުމަތިން ފުލުހުން ގިނައިން ފެނުމާއި، ޖަވާބުދާރީވުން ރަނގަޅުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިހުސާސްވާ މިންވަރު ބޮޑުވުމެވެ. ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ވަޒީފާގައި ނުތިބެވޭނެ ކަމަށާއި، ނޮން-ޕާފޯމް މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
