
(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
ލ.ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އިންޖީނަކަށް ގެއްލުވެ ލ.ގަމުގެ 3 ސަރަޙައްދަކުން ކަރަންޓު ކެނޑުނުކަމަށެވެ. އެހެންނަމަވެސް ފެނަކަ އަދި ސިފައިންގެ ޓެކްނިކަލް ޓީމަކުން ކުރި މަސައްކަތުން މިހާރު 3 ސަރަޙައްދަށްވެސް ކަރަންޓު ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެއް ޖެނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
ގަމުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެއް އެނެކްސްގައިކަމަށް ފެނަކައިން ވިދާޅުވެއެވެ. މިހާދިސާގައި ފެނަކައިން ބެލި ބެލުމުން ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށްކަމަށް ފެނަކައިން ވިދާޅުވެއެވެ. ކަރަންޓު ކެނޑުނު ވަގުތު އެރަށުން ފެން ކެނޑުނު ނަމަވެސް އެމައްސަލަވެސް ހައްލުކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި އެރަށުގެ ނަރުދަމާއަށް މައްސަލައެއް މީގެ ސަބަބުން ކުރިމަތިނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ. ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:50 ހާއިރުއެވެ. އަދި 3:50 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
