
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ ހަފްތާގެ ތެރޭގައި ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އަވަށްތަކުގައި ހެދިފައިވާ ބޯ ޗަކަގަނޑުގެ ތެރެއިން، ކާރިޘާގައި މަރުވި މީހުންގެ ހަށިތައް ފެނޭތޯ އެ ޤައުމުގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. ތޫފާނުގެ ސަބަބުން ސްރީ ލަންކާގައި 479 މީހުން މަރުވެފައިވާއިރު، ފަކީރާ ފަދަ އެކި އާލާތްތައް ބޭނުންކޮށްގެން ޗަކަތެރެ ކޮނެ، ޢާއިލާއާއި ގާތްތިމާގެ މީހެއްގެ ހިލަމެއް ވޭތޯ އެ މީހުން ދަނީ ބަލަމުންނެވެ. ތޫފާނުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވުމުގެ އިތުރުން 350އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ތޫފާނުގެ ސަބަބުން ސްރީ ލަންކާގެ މަވަތުރަ ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިޘާތަކެއް ހިނގާފައިވެއެވެ. އެ ހާދިޘާތަކުގައި އެ ސަރަޙައްދުގައި ހުރި 13 ގެ ވަނީ އެއްކޮށް ސުންނާފަތިވެ ފަނާވެ ގޮސްފައެވެ. ކުރިން މީހުން ދިރިއުޅެމުން ދިޔަ މި ސަރަޙައްދުގައި ހުރި ގޭގެއާއި ހިފާ ގެންގުޅޭ ތަކެތި ވަނީ ޗަކަގަނޑާ އެކުވެ ގެއްލި ގޮސްފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ލަންކާ ރައްޔިތެއް ކަމަށްވާ ނީލް ޖަޔަސިންގަ ބުނީ ޗަކަގަނޑު ކޮނެގެން އޭނާގެ ބޮޑުބޭބެއާއި ބޮޑުދައިތައާއި މައިދައިތަގެ ހަށިގަނޑު މިހާރު ހޯދިފައިވާ ކަމަށެވެ. އެ މީހުން ވަޅުލުމަށް ސަންދޯކެއްހާ ހިސާބު ވެސް ހޯދުމަށް ދަތިވެފައިވާ މި ދަނޑިވަޅުަގައި ޢާއިލާގެ މެންބަރުން ވަޅުލީ ފޮތިގަނޑެއް އޮޅާފައި ކަމަށް އޭނާ ބުުންޏެވެ.
ތޫފާނުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކެންޑީގައި އޮންނަ ގަމްޕޮލާގައި އެކަނި ވެސް 118 މީހުން މަރުވެފައިވެއެވެ. އެ ސަރަޙައްދުގައި ހިންގަމުން ދިޔަ ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ގަމްޕޮލާގައި އިލެކްޓްރޯނިކް ތަކެތި މަރާމާތުކުރާ ވިޔަފާރިއެއް ހިންގާ ބީސީ ވިކްރަމަސިންގ ބުނީ އޭނާގެ ވޯކޮޝޮޕު ފުރާ އޮތީ ޗަކަ ކަމަށާއި އެ ތަނަށް ހަދަން ގެނެސްފައިވާ ޓީވީއާއި ރޭޑިޔޯ ފަދަ ސާމާނު ވެސް ހުރީ ޗަކައިން ތަތްތެޅިފައި ކަމަށެވެ. އޭނާގެ ވިޔަފާރިއަށް 23،000 ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް އޭނާ ބުނެއެވެ.
ސްރީ ލަންކާގެ ސަރުކާރުން ދަނީ އެހީދޭ 27 މަރުކަޒެއްގައި ތިބި 8،000އެއްހާ ރައްޔިތުންނަށް ކާބޯތަކެއްްޗާއި ފެނާއި އަންނައުނާއި އެހެން ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. ލަންކާގެ ރީޖަނަލަް އޮފީހުގެ ފަރާތުން ޗިންތާނީ ހީރަތު ވިފާޅުވީ ބައެެއް ސަރަޙައްދުތަކުގައި ހުރި އަވަށްތައް ރައްކާތެރި ސަރަޙައްދުތަކަށް ދާއިމީކޮށް ބަދަލުކުރުމާ ގުޅޭގޮތުން ސަރުކާރުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
