
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޭރު ޤައުމުތަކުގެ ރެފިއުޖީންނަށް ހިޔާވަހިކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ފަގީރު ޤައުމުތަކުން އެ ޤައުމުތަކުގެ ސަރަޙައްދީ ހުރަސްތައް ބަންދުކޮށް، އިތުރު ރެފިއުޖީންނަށް އެ ޤައުމުތަކަށް އެތެރެވުމަށް ހުރަސް އަޅަން ފަށާފައިވާ ކަމުގައި ޑެނިޝް ރެފިއުޖީ ކައުންސިލުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޝަލޯޓެ ސްލެންތެ ވިދާޅުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ފަގީރު ޤައުމުތަކަށް ރެފިއުޖީން އެތެރެވުމަށް ހުރަސް އަޅަން ފަށާފައި ވަނީ، ހުޅަނގުގެ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުން ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލީ އެހީ ދިނުން މެދުކަނޑައިލަމުން ދިޔުމާ ގުޅިގެން ކަމުގައެވެ.
ބޭރު ޤައުމުތަކުގެ ރެފިއުޖީންނަށް އެތެރެވުމުގެ ފުރުޞަތު ހަނިކުރަމުންދާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ. ބޭރު ޤައުމުތަކުގެ ރެފިއުޖީންނަށް ހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅު އޮއިވަރެއް އެ ޤައުމުތަކުގައި ދަނީ ފެތުރެމުންނެވެ. މި ފަދަ އޮއިވަރެއް، ހުޅަނގުގެ ގިނަ ޤައުމުތަކުން ފެންނަން ފަށާފައިވާއިރު، އެ ޤައުމުތަކުން ދަނީ ރެފިއުޖީންނަށް ހިޔަވާހިކަމާއި އެހީތެރިކަން ފޯރުކޮށްދޭ އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ދޭ މާލީ އެހީތައް ވެސް ކަނޑައިލަމުންނެވެ. އޭގެ ތެރޭގައި ޑެނިޝް ރެފިއުޖީ ކައުންސިލް ހިމެނެއެވެ.
ސްލެންތެ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވަގުތު ތިބި ރެފިއުޖީންގެ ތެރެއިން %75ށް ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުގެ ތެރޭގައި ގިނައީ ފަގީރު ޤައުމުތައް ކަމުގައެވެ. ނަމަވެސް، ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހުޅަނގުގެ ބާރުތަކުން، ޚާއްޞަ ގޮތެއްގައި އެމެރިކާއިން ކަނޑަމުން ދިޔުމާ އެކު، ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ފަގީރު ޤައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ސްލެންތެ ވިދާޅުވީ، ޔުގާންޑާއަކީ އެ ފަދަ އެއް މިސާލު ކަމުގައެވެ. މި ގޮތުން، އެ ޤައުމުގައި ސޫދާނާއި ދެކުނު ސޫދާނުގެ އިތުރުން ސޮމާލިޔާގެ ގިނަ އަދަދެއްގެ ރެފިއުޖީން ތިބި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް، އިތުރު ރެފިއުޖީން ޔުގާންޑާއަށް އެތެރެވުމަށް އެ ޤައުމުގެ ސަރުކާރުން ހުރަސް އަޅަން ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔުގާންޑާގެ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ގިނަ އަދަދެއްގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަނެއް ޤައުމަކީ ޗާޑެެވެ. އެ ޤައުމުގައި ވެސް މި ވަގުތު ސޫދާންގެ 900,000ށްވުރެ ގިނަ ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
