
(ފޮޓޯ ކްރެދިޓްސް: ޝިންހުއާ)
މީގެ ދަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިޔާ އެއަރލައިންސްގެ މަތިންދާބޯޓު، އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައް ކުރަމުންދާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. މެލޭޝިޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، ގެއްލިފައިވާ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް މި ހިނގާ ޑިސެންބަރު މަހުގެ 30ވަނަ ދުވަހު އަލުން ފެށުމަށް ނިންމާފައިވާ ކަމުގައެވެ. އެމްއެޗް370 ގެއްލިފައި ވަނީ މެލޭޝިޔާގެ ވެރިރަށް ކުއަލަ ލުމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ބޯއިންގް 777 މަރުކާގެ އެ މަތިންދާބޯޓު ގެއްލިފައި ވަނީ 227 ފަސިންޖަރުންނާއި 12 ފަޅުވެރިންނާ އެކުގައެވެ. އެއީ، 2014ވަނަ އަހަރުއެވެ. އެމްއެޗް370 ގެއްލުމަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް މިހާތަނަށް ކުރިމަތިވި އެންމެ ހައިރާން ކުރަނިވި، އަދި ޙަޤީޤަތް ނޭނގޭ ހާދިސާއެވެ.
އެ މަތިންދާބޯޓު ހޯދުމަށް މީގެ ކުރިން ވެސް އެކި ގޮތްގޮތަށް ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވެއެވެ. ނަމަވެސް، އަދި މިހާތަނަށް އެ މަތިންދާބޯޓާއި އޭގައި ދަތުރު ކުރި މީހުންގެ ޚަބަރެއް ވެފައެއް ނެތެވެ. އެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކޮށްފައި ވަނީ އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަޙައްދެއްގައެވެ. ނަމަވެސް، މޫސުން ގޯސްވުމާ ގުޅިގެން އޭޕްރިލް މަހުގެ ތެރޭގައި އެ މަސައްކަތް ވަނީ މެދުކަނޑައިލާފައެވެ.
މެލޭޝިޔާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، އެމްއެޗް370 ހޯދުމުގެ މަސައްކަތުގެ ދަށުން އިންޑިޔާ ކަނޑުގެ އަޑީގައި އަތްފުނާ އެޅުމުގެ މަސައްކަތް ފެށުމަށް، ކަނޑުގެ ދިރާސާ ކުރާ ކުންފުނި، އޯޝަން އިންފިނިޓީން ތައްޔާރުވަމުންދާ ކަމުގައެވެ. އެ އޮޕަރޭޝަން 55 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށާއި، 15,000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ބެލުމަށް ނިންމާފައިވާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް، ބަލައިހޯދުމަށް ނިންމާފައި ވަނީ އިންޑިޔާގެ ކަނޑުގެ ދެކުނުގެ ކޮން ސަރަޙައްދެއް ކަން ސާފެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
