
(ފޮޓޯ ކްރެޑިޓްސް: ލާމަސީލް ލާމް ފޭސްބުކް ޕޭޖް)
ގައުމީ ސްކޮޑުން ވަކިކުރި ޝަމާއީލް ހުސެއިން މާފަށް އެދުމުން ޝަރުތުތަކަކާއެކު ލާމަސީލު ލާމު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދީފިއެވެ. މިއަހަރު އަލަށް އެކުލަވާލި ސީނިއާ ގައުމީ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަމަށްވާ ޝަމާއީލް، އެސޯސިއޭޝަނުގެ ހުއްދަ ނުނަގާ ލާމު އޮތޮޅުގައި އޮތް މުބާރާތުގައި ކުޅުމުގެ ސަބަބުން ގައުމީ ޓީމުން ވަކިކުރިކަން ވީއޭއެމް އިން އެންގީ ހޯމަ ދުވަހުއެވެ. އެސޯސިއޭޝަނުން ބުނީ އޭނާއަށް ކުރެވުނީ ކުށެއްކަން ގަބޫލުކޮށް ދެން އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދީ ރޭގެ ވަގުތެއްގައި ޝަމާއީލު މާފަށް އެދި ވީއޭއެމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ވީއޭއެމްއިން އެ ސިޓީއަށް މިއަދު ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެކި މުބާރާތްތަކުގައި ކުޅުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރެވި އޮތުމުން އޭނާ ގައުމީ ސްކޮޑުން ވަކިކުރިފަހުން އޭނާ މާފަށް އެދިފައިވާތީ އެ މުބާރާތް ނިންމުމަށްފަހު ގިނަ ވެގެން 7 ދުވަހުގެތެރޭގައި އެސޯސިއޭޝަނަށް ރިޕޯޓް ކުރުމަށް ޝަރުތުކޮށް ލާމަސީލު ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަ އޭނާއަށް ދޭ ކަމަށެވެ. ވީއޭއެމްއިން ޝަމާއިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝަމާއީލް ލާމު އަތޮޅު މުބާރާތުގައި ވާދަކުރުމަށް ބޭނުންވާތީ ރިލީޒަށް އެދި ހައްދުންމަތި މާވަށު ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށް، އަދި އެ މުބާރާތުގެ ކުރިޔަށް ހުރި މެޗުތައް ހުއްޓާލާފައިވާތީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ލިބޭނެ ގެއްލުންތަކަށް ރިއާޔަތް ކުރުމަށްފަހު އެ މުބާރާތުގައި ކުޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އަދި އެސޯސިއޭޝަނުގެ ލީގަލް ކޮމިޝަނުން މިކަމާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އޭނާއަށް ވަނީ އެސޯސިއޭޝަނުގެ މި ސިޓީގައި އަންގާފައެވެ. ޝަމާއީލު ވަނީ އޭނާގެ ކުށް ގަބޫލުކޮށް ކުރިޔަށް އޮތްތަނުގައި އެސޯސިއޭޝަނުގެ ގަވާއިދުތަކަށް އިހްތިރާމުކުރާނެކަން އަންގާ މާފަށް އެދިފައެވެ. ވީއޭއެމްއިން ޝަމާއިލްއަށް ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަދީފައި މިވަނީ ގިނަ އަދަދެއްގެ އާއްމުންނާއި ވޯލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ކޯޗުންނާއި ކުޅުންތެރިންގެ ފާޑުކިޔުންތައް ވީއޭއެމްއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިންވެސް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ވާދަކުރުމުގެ ހުއްދަ ދެނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށްވާއިރު އެސޯސިއޭޝަނުގެ ހުއްދަ ނުނަގާ ކުޅުންތެރިން ވީއޭއެމް އާއި އެހެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ވަކިކުރެއެވެ.
ލާމަސީލު ލާމު މުބާރާތުގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންވެސް ވާދަކުރެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެ ކުޅުންތެރިން ވާދަކުރަނީ އެސޯސިއޭޝަނުގެ ގަވާއިދުތަކާއި އެއްގޮތަށް ހޯދަންޖެހޭ ރިލީޒް ހޯދައިގެން ހުއްދަ ނަގައިގެންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
