
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކިއުބާގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެ، މިހާތަނަށް 33 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ. ކިއުބާގެ ސިއްޙީ ވުޒާރާއިން ލަފާކުރާ ގޮތުގައި، މަދިރިންޖެހޭ ބަލިތައް މިހާރު ވަނީ އެ ޤައުމުގެ ޖުމްލަ އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަށް ފެތުރިފައެވެ. ކިއުބާގެ ސިއްޙީ ވަޒީރުގެ ނައިބު، ކެރިލްޑާ ޕޭންޔާ ވިދާޅުވި ގޮތުގައި، ޑެންގީ ހުން ޖެހިގެން މިހާތަނަށް 12 މީހުން މަރުވެފައިވާއިރު، ޗިކުންގުންޔާ ޖެހިގެން 21 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި 21 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ދަތިތަކުގެ ސަބަބުން، ކިއުބާގެ ސިއްޙީ ފަރުވާގެ ނިޒާމު ބަލިކަށިވެފައިވާއިރު، މި ބަލިމަޑުކަން ފެތުރުމުގައި އެކަށީގެންވާ ގޮތެއްގައި ފަރުވާދިނުމަށް އެ ޤައުމު ވަނީ ނުކުޅެދިފައެވެ. މީގެއިތުރުން، މާލީ ދަތިތަކާހުރެ މަދިރި ނައްތާލުމަށް އެކަށީގެންވާ ވަޞީލަތްތައް ނެތުމަކީ ވެސް ބަލިތައް ފެތުރުން ހުއްޓުވަން ކިއުބާއަށް ދިމާވެފައިވާ އިތުރު ގޮންޖެހުމެކެވެ. ޕޭންޔާ ވިދާޅުވި ގޮތުގައި، ޗިކުންގުންޔާ ޖެހިގެން މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 5،700 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، ބަލިވެގެން ޑޮކްޓަރަށް ނުދައްކާ މީހުން ގިނަކަމުން، އެ ޢަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ސިއްޙީ މާހިރުން ލަފާކުރައްވައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން މިދިޔަ ޖުލައި މަހު ވަނީ، ޗިކުންގުންޔާ ފެތުރުން ކޮންޓްރޯލްކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
