
ހުކުރު ދުވަހުގެ ރޭ ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ މުބާރާތް ބާއްވާ އެންމެ އިސް ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ފީފާއިން ބުނެފިއެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިހެން ބުނީ ގުރު ނެގުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަނުގެ ކެނެޑީ ސެންޓަރަށް ރައީސް ޓްރަމްޕް ވަޑައިގަންނަވާނެކަން އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިއުލާނު ކުރެއްވުމުންނެވެ. ރައީސް ޓްރަމްޕް މި ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު މުބާރާތް ބާއްވާ އަނެއް ދެ ގައުމުގެ ތެރެއިން މި ރަސްމިއްޔާތަށް އެމެރިކާ އަށް ވަޑައިގަންވާނެކަމުގެ ޔަގީންކަން ދެއްވާފައިވަނީ ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނޭ އެވެ. ތިން ގައުމު ގުޅިގެން މުބާރާތް ބާއްވާއިރު މެކްސިކޯގެ ރައީސް ކްލައުޑިއާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަދި ނުދެއްވަ އެވެ. ފީފާއިން ބުނީ ގުރު ނެގުމުގެ ރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ރަސްމިއްޔާތަށް ކަމަށެވެ.
ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ މުބާރާތަށް މިހާތަނަށް ވަނީ 42 ގައުމު ކޮލިފައިވެ އެވެ. ބާކީ ހަ ޖާގަ ލިބޭނީ ޔޫރަޕުގެ ޕްލޭއޯފްގެ ގަދަ ހަތަރު ޓީމާއި އެހެން ބައްރުތަކުން ގަދަ ދެ ޓީމަށެވެ. މި ފަހަރުގެ ރަސްމިއްޔާތުގައި ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރާނުން ބައިވެރިނުވާނެ އެވެ. އިރާނުން ވޯލްޑް ކަޕް ޑްރޯ ބޮއިކޮޓް ކުރަން ނިންމީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އާއި އިތުރު ފަސް މީހަކަށް މި ރަސްމިއްޔާތަށް ވަޑައިގަތުމަށް އެމެރިކާއިން ވިސާ ހަމަޖައްސައިނުދިނުމުންނެވެ. އިރާނުން ބުނީ މިއީ ފުޓްބޯޅައިން ބޭރުން ސިޔާސީ ގޮތުން އެމެރިކާއިން ކުރާ ޖެއްސުމެއް ކަމަށާއި މިކަން ހައްލުކޮށް ދެއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ މަޝްވަރާ ކުރި ނަމަވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
