
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމްގެ ދެ އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. 07 ވަނަ ކެރަމް ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވައި ވާހަކަފުޅު ދައްކަވަމުން މުޅި ރާއްޖެއަށް ކެރަމް ފުޅާކޮށް ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ތައްޓަށް ކުޅެވޭ މުބާރާތެއް ރާއްޖޭގައި ބާއްވަން ސަރުކާރާއި އެސޯސިއޭޝަނުން ކުރި މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ ކުޅިވަރުގެ ތެރެއިން ޓޫރިޒަމް ފުޅާ ކުރެއްވުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މި ތަސައްވަރު ފުރިހަމަވެގެން ދާނީ ރާއްޖެއިން ފޯރުކޮށްދޭ މެހްމާންދާރީގެ އިތުރުން ރާއްޖޭގެ ރީތިކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މި ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. ” 07 ވަނަ ކެރަމް ވޯލްޑްކަޕް ރާއްޖޭގައި ހޯސްޓުކުރުމުން ދޭހަވަނީ ހަމަ އެކެނި އެތުލީޓުންނަށް މަރުހަބާ ކިޔަން އޮތް ގައުމެއް ނޫންކަމަށް. ކުޑަ ގައުމަކަށް ވެސް މި ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ކަން، ހަމަ އެހެންމެ މިއީ ބައިނަލްއަގުވާމީ ގޮތުން ލިބިގެންދާ މުހިންމު ތަޖުރިބާއެއް.” ރާފިއު ވިދާޅުވިއެވެ.
މިމުބާރާތުގައި ޖުމްލަ 17 ގައުމަކުން 150 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތް ރަސްމީކޮށް މިރޭ ފެށިނަމަވެސް މިއަދު ހެނދުނު ނުވައެއް ޖެހިއިރު މިމުބާރާތުގެ ކުޅުންވަނީ ފެށިފައެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
