
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަތްވަނަ ކެރަމް ވޯލްޑްކަޕު ރޭ ރާއްޖޭގައި ފަށައިފިއެވެ. މިމުބާރާތް ފެށުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ކުޅިވަރު ވަޒީރުގެ އިތުރުން މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިތުރު ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި ބައިނަލްއަގްވާމީ ކެރަމް ފެޑެރޭޝަންގެ ރައީސް ޖޯސެފް މެޔާރސްގެ އިތުރުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. މިމުބާރާތުގައި ޖުމްލަ 17 ގައުމަކުން 150 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތް ރަސްމީކޮށް މިރޭ ފެށިކަމަށްވިޔަސް މިއަދު ހެނދުނު ނުވައެއް ޖެހިއިރު މިމުބާރާތުގެ ކުޅުންވަނީ ފެށިފައެވެ.
ރާއްޖޭގެ 8 ކުޅުންތެރިއަކުވެސް މިމުބާރާތުގައި ވާދަކުރަމުން އަންނައިރު އަންހެން ޑަބަލްސް އިވެންޓްގެ ލޯ މެޑަލް މެޗުގައި ގައުމީ ކެރަމް ޓީމުގެ އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއަރއިންވަނީ ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ. މިމެޗުގައި ނަހުފާ އާއި ފައިނާޒް ކުޅެން ޖެހުނީ ސެމީ ފައިނަލުގައި، އިންޑިއާގެ ހާޒިމާ އާއި މިތުރާގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވުމުންނެވެ. މެޗުގެ ސެޓުތައް އިންޑިއާއިން ގެންދިޔައީ 25-09، 18-13 އިންނެވެ. މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކޮށްފަވާ އާމިނަތު ވިދާދް އާއި ފާތިމަތު ރަޔާނާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި ރާއްޖޭގެ ޕެއަރ ވާދަކުރީ އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާއާއެވެ. މިމެޗުން ރާއްޖޭގެ ޕެއަރ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. އެ ގޮތުން، ފުރަތަމަ ސެޓު، އެމެރިކާއިން 18-17 އިން ކުރިހޯދާފައިވަނިކޮށް، ވިދާދާއި ރަޔާނާގެ ޕެއާ ވަނީ ދެން ކުޅުނު ސެޓުން 18-17 އިން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރެން ކުޅުނު ސެޓު އެމެރިކާގެ ޕެއަރ ނަގާފަވަނީ 22-08 އިންނެވެ.
މި މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓްގައި، ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ވެސް ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެހެންނަމަވެސް އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތު ޓްރިޕަންކަރްގެ ޕެއާވަނީ މިމެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ދިޔައީ 25-7 އަދި 25-1 އިންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
