
(ފޮޓޯ ކްރެޑިޓްސް: ޤައުމީ ޔުނިވާރސިޓީ)
މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ކުރިން އެކަމުގެ ތެދު ހަޤީޤަތް ބެލުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިފަދައިން އިލްތިމާސް ކުރެއްވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުންގެ ކުރިއަށް ގެންދިޔަ “ނޯ ކެޕް ޖަސްޓް ފެކްޓްސް” ކެމްޕެއިންގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވަނީ މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރަން ކުޑަ ވަގުތުކޮޅެއް ނަގާއިރު، ގިނަ ފަހަރު އޭގެއިން ލިބޭ ގެއްލުން ވަރަށް ބޮޑުކަމަށެވެ. އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ރަނގަޅު މިހާވެސް ބަދުނާމުވާ ފަހަރުވެސް އަންނަކަމަށެވެ.
ވަޒީރު ވިދާޅުވީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަން ޖެހޭކަމަށެވެ. އަދި ދޮގު މަޢޫލޫމާތު ފަތުރާކަމުގައި ވަނީނަމަ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޤާނޫނުތަކުން ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެމީހަކު ބުނަން ބޭނުންވާ ވާހަކައެއް، އެމީހެއްގެ އަމިއްލަ ޝޯޝަލް މީޑިއާ އެކައުންޓަކުން ބުނަން ނުކުރޭއިރު، ވަގު އެކައުންޓް ހަދައިން އެކަން ކުރުމަކީ އެންމެ ރަގަނޅު ގޮތްތޯ ވިސްނާލަންޖެހޭކަން ފާހަގަކުރައްވާފައެވެ.
“އަޅުގަނޑުމެންގެ ކަރިކިއުލަމްގެ ތެރެއަށްވެސް ނުވަތަ އެހެން ދިމާލަކަށްވެސް އެބަ އަންނަން ޖެހޭ ތަޢުލީމާ އެކުގައި އަންނަން ޖެހޭ ތަރުބިއްޔަތުގެ ބައި. އެޑިއުކޭޝަންއާ އެއްވަރަށް އަޅުގަނޑުމެން މިކިޔާ ތަރުބިއްޔަތު އަންނަން ޖެހޭ. އޯލެވެލްއިން 8 ފާސް ހޯދައިގެން އަންނަ މީހާ އަނެކާއަށް އިޚްތިރާމް ކުރަން ނޭގެންޏާ އެ ފާހުގެ ބޭނުމެއް ނެތް. 9 ވަނަފަސް ކޮންމެވެސް ގޮތަކުން ފަހަތަށް ގޮސްފަ އެވީ. މިވަގުތު ތިބި ކުދިންނަށް ދޮގު މަޢޫލޫމާތު ފެތުރުމުން ސަލާމަތް ކުރުމަށް ގޮތްތަކެއް ކިޔައިދޭނީ ” ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޤައުމީ ޔުނިވާރސިޓީ)
ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް ގައުމީ ޔުނިވާސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ބޭއްވި ފޯރަމްގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ކިޔާދީފައެވެ. މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 100 އަށްވުރެ ގިނަ މީހުން ބައިވެރިވި ފޯރަމްގައި މައުލޫމާތު ދީފައިވަނީ އެ ދާއިރާއެއްގެ ތަޖުރިބާކާރުންނެވެ. އެ ޕެނަލިސްޓުންގެ ތެރޭގައި ހިމެނެނީ ނޫސްވެރިޔާ އިބްރާހިމް މާހިލް މުހައްމަދާއި މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް އަދި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަހުމަދު އަފްރު ރަޝީދާއި ވިމެން އިން ޓެކްގެ ކޯ-ފައުންޑަރު އައިޝަތު އަދުނާން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ އައިޝަތު އިޝާއެވެ.
އެއް ގަޑިއިރަށް ގެންދިޔަ ފޯރަމްގައި ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ދެނެގަންނާނެ ޓޫލްތަކާއި އޭއައި ކުރިއަރަމުން އަންނަ މި ޒަމާނުގައި ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތުތައް ވަނީ ކިޔައިދީފައެވެ. މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
