(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ނަލަ މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ. މި ރިސޯޓު ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓައި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ. ޅ. އަތޮޅުގެ ޖާވާ ފަޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 80 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މީގެ ތެރޭގައި 20 ސަންރައިޒް ވިލާ، 22 ސަންސެޓް ވިލާ، 30 އޯވަރ ވޯޓަރ ވިލާ އަދި 8 ރޮމޭންޓިކް ވިލާ ހިމެނެއެވެ.
ރިސޯޓުގައި ހަމަޖައްސާފައިވާ ކެއިން ބުއިމުގެ އިންތިޒާމުތަކަށް ބަލާލާއިރު އެކި ކުއިޒީންތަކަށް ޚާއްސަކޮށްގެން ޖުމްލަ 3 ރެސްޓޮރެންޓް ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޓަރނޭޝަނަލް ބުފޭ ރެސްޓޯރެންޓަކާއި، ގްރީކްގެ ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓަކާއި، އޭޝިއަން ކެއުންތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓެއްގެ އިތުރުން ހަމައެކަނި 2 ގަޑިއިރަށް ހުޅުވާފައި ހުންނަ ބަބުލްސް ބަރ ހިމެނެއެވެ. ހަމައެކަނި ޒުވާން އުމުރުފުރާގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މި ރިސޯޓުގައި އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރުތައް ކުޅެވޭނެ ތަންތަން ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުންވެސް މޫދު ކުޅިވަރުތަކަށް ޚާއްސަކޮށްގެން ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ރިސޯޓުގައި ހަދާފައިވެއެވެ. ރިސޯޓުން ބުނީ މިކަމަށްޓަކައި ރިސޯޓުގެ 50 ސަރަޙައްދެއްގައި ޑައިވްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށެވެ.
ފަތުރުވެރިން ހިތްހަމަޖައްސާލާ، ރިލޭކްސް ކޮށްލުމަށް “ސުލްހަ ސްޕާ”ގެ ނަމުގައި ސްޕާއެއްވެސް މި ރިސޯޓުގައި ވަނީ ހުޅުވާފައެވެ. މި ސްޕާގައި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބަހައްޓާފައިވާ ތާމަލް ވޯޓަރ ސްޕާރ ބެޑްސްތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، މި ސްޕަރ ބެޑްސްތަކުން ފަތުރުވެރިންނަށް ޕަރސަނަލައިޒްޑް ޓްރީޓްމެންޓްސް ދޭނެކަމަށް ރިސޯޓުން ބުނެއެވެ. މީގެ އިތުރުން، މި ސްޕަރ އިން ފުލް ބޮޑީ ރެޑް ލައިޓް ޓްރީޓްމެންޓްވެސް ދޭނެކަމަށް ރިސޯޓުން ހާމަކުރެއެވެ.މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 35 މިނެޓުގެ ދަތުރަކުން ދެވޭ ރިސޯޓެކެވެ. އަދި މި ރިސޯޓުން ފަތުރުވެރިންނަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭނެކަމަށާއި، ރިސޯޓް ތަރައްޤީކޮސްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކާއި، ސަޤާފަތް ދައްކުވައިދޭފަދަ ގޮތަކަށްކަމަށް މި ރިސޯޓުން ބުނެއެވެ.
ނަލަ މޯލްޑިވްސް ރިސޯޓަކީ ކްރައުންސް އެންޑް ޗަމްޕާ ރިސޯޓްސްއިން ރާއްޖޭގައި ތަރައްޤީކުރި ރިސޯޓެކެވެ. މިހާރުވެސް މި ކުންފުނިން ރާއްޖޭގައި 11 ރިސޯޓެއް ދަނީ ހިންގަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
