
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކެރީބިޔަން ކަނޑުގެ ދެކުނުގެ ސަރަޙައްދަކުން ދަތުރު ކުރަމުން ދިޔަ ވެނެޒުއެލާގެ ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް ވައިޓް ހައުސްއިން ދިފާޢުކޮށްފިއެވެ. ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ޚާއްސަ ޙަރަކާތެއް ހިންގަން ފަށާފައެވެ. އެމެރިކާއިން ވެނެޒުއެލާގެ ބޯޓަށް ދިން ޙަމަލާއަކީ އެ ޙަރަކާތުގެ ދަށުން އުޅަނދަކަށް ޙަމަލާދީ، ބަޔަކު މަރައިލާފައިވާ ފުރަތަމަ ފަހަރެވެ. އެ ޙަމަލާގަައި 11 މީހުން ވަނީ މަރާލައިފައެވެ. އެ ބޯޓަކީ މަސްތުވާތަކެތި ބަރު ކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށާއި، އެ ބޯޓު މިސްރާބު ޖަހަމުން ދިޔައީ އެމެރިކާއަށް ކަމަށް ޓްރަމްޕް އޭުރު ވަނީ ވިދާޅުވެފައެވެ. އަދި އެ ޙަމަލާގައި މަރައިލާފައި ވަނީ މަސްތުވާތަކެތީގެ ވަގުފާރީގައި ހަރަކާތްތެރިވާ މީހުންތަކެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެނެޒުއެލާގެ ބޯޓުގައި ތިބި އެންމެން މަރުވި ކަން ކަށަވަރުކުރުމަށް އެ ބޯޓަށް ގިނަ ޢަދަދެއްގެ ވައިގެ ޙަމަލާތައް ދީފައިވެއެވެ. ޓްރަމްޕް އޭރު ވަނީ އެ ބޯޓަށް ދެވަނަ ޙަމަލާއެއް ދިނުމަށް އޭނާ ބޭނުންވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އިތުރު ޙަމަލާތައް ދިނުމަށް ބޭނުންވާ ފެހި ސިގްނަލް ދިފާޢީ ވަޒީރު ޕީޓު ހެގްސެތު ދެއްވަވާފައި ނުވާ ކަމަށް ހެގުސެތު ވިދާޅުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ގިނަ ބަޔަކުު ދަނީ އެ ފަދަ ޙަމަލާއެއް ދިނުން ޤާނޫނުން ޙުއްދަ ކުރޭތޯ ސުވާލު އުފައްދަމުންނެވެ. ވައިޓް ހައުސުން މިހާރު ބުނަނީ ބޯޓަށް އިތުރު ޙަމަލާތައް ދީފައި ވަނީ ހެގްސެތުގެ ޢަމުރަށް ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ވެނެޒުއެލާގެ ބޯޓަށް ޙަމަލާތައް ދިނުމުގެ ޙުއްދަ ހެގްސެތު ދެއްވަވާފައިވާ ކަމަށެވެ. ޙަމަލާ ދިނުމުގައި އިސްކޮށް ހުންނެވި އެޑްމިރަލް ބްރެޑްލީ މަސައްކަތް ކުރައްވާފައިވާ ވަނީ އޭނާއަށް ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކަމަށާއި، އެމެރިކާއަށް ނުރައްކަލެއް ނުވާނެ ކަން ޔަޤީން ކުރުމަށް އެ ބޯޓު އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އެއީ އެމެރިކާއިން އަމިއްލަ ދިފާޢުގައި ދީފައިވާ ޙަމަލާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. އެމެރިކާއިން ދެކެނީ އެ ބޯޓުގައި ތިބި ޑްރަގު ވަގުފާރަވެރިންނަކީ ބޭރުގެ ނިރުބަރެވި ޖަމާޢަތެއްގެ މެންބަރުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޑްރަގު ވަގުފާރީގައި ޙަރަކާތްތެރިވާ ކަމަށް ބެެލެވޭ އުޅަނދުތަކާ ދެކޮޅަށް 19 ޙަމަލާއެއް ދީފައެވެ. އެ ޙަމަލާތަކުގައި 76 މީހުން ވަނީ މަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
