
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000ށްވުރެ ގިނަ ގެދޮރު ހަލާކުވެއްޖެއެވެ. ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 355ށް އުފުލިފައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 ޢާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ. ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން ދިތުވާގެ ބާރު ކެނޑެމުންދާ ކަމަށާއި، މި ވަގުތު އެ ތޫފާން ދަތުރު ކުރަމުން ދަނީ އެ ޤައުމުގެ އުތުރަށް ކަމުގައެވެ. މި ވަގުތު އެ ތޫފާން އޮތީ ބޭ އޮފް ބެންގާލް ކަނޑުގެ ސަރަޙައްދުގައެވެ.
ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ސްރީ ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސާފުވެފައިވާ މަޢުލޫމާތަށް ބަލާއިރު، ތޫފާނާ ގުޅިގެން 15,000ށްވުރެ ގިނަ ގެއަށް ވަނީ ގެއްލުންވެފައެވެ. އަދި، ފެންބޮޑުވެ، 200ށްހާ މަގު ވަނީ ބަންދުވެފައެވެ. ބިންގަނޑު ކެނޑުމާ ގުޅިގެން އޭގެ ތެރެއިން 108 މަގަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ ރޯޑް ޑިވެލޮޕްމެންޓް އޮތޯރިޓީން ހާމަކުރިއެވެ. އަދި، 10ވަރަކަށް ބުރިޖަށް ގެއްލުންވެފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގެ ބައެއް ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. މި ގޮތުން، ފެންބޮޑުވުމާ ގުޅިގެން ކަލާވަތަ ޖެނެރަލް ހަސްފަތާލު ވަނީ ބަންދު ކޮށްފައެވެ. އެ ހަސްފަތާލުގެ ތެރޭގައި ފަސް ފޫޓަށް ފެންގަނޑު ބޮޑުވެފައިވާ ކަމުގައި އެ ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުންޏެވެ. ސްރީ ލަންކާގެ އެކި ކަންކޮޅުތަކުގައި މަދިރިއާއި ކާބޯތައްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޢާންމުވުމުގެ ފުރުޞަތު ބޮޑު ކަމުގައި އިންޒާރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ އިރުޝާދު ދީފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
