
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން، ދިތުވާގެ ސަބަބުން ސްރީ ލަންކާގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، އެތަކެއް ސަތޭކަ ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެ ޤައުމުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާއިރު، ފެންބޮޑުވުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 355ށް އުފުލިފައެވެ.
ސްރީ ލަންކާގެ ނޫސްތަކުން ބުނީ، އެ ޤައުމުގައި ވިއްކާ ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ތިންގުނައަށް އުފުލިފައިވާ ކަމުގައެވެ. އަދި، މަހުގެ ބާވަތްތަކުގެ އަގުތައް ދެގުނައަށް މައްޗަށް ޖެހިފައިވާ ކަމުގައެވެ. ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު ސަބަބަކީ، ފެންބޮޑުވުމާ ގުޅިގެން ބާޒާރުތަކާއި މާރުކޭޓުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސް އެޅުމެވެ. މީގެ އިތުރުން، ޕާލިޔެގޮޑައާއި ދަމްބުއްލައިގެ މާރުކޭޓުތަކާއި ފިހަރާތަކުން ގިނަ ބާވަތްތަކުގެ ކާބޯތަކެތި ހުސްވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޕާލިޔެގޮޑައިގެ މައި ތަރުކާރީ މާރުކޭޓުގެ އަގުތަކަށް ބަލައިލާއިރު ކެރެޓު ކިލޯއެއްގެ އަގު ވަނީ 4.87 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އަދި، ބީންސް ކިލޯއެއްގެ އަގު 4.22 އެމެރިކާ ޑޮލަރަށް އުފުލިފައިވާއިރު، ލީކްސް ކިލޯއެއްގެ އަގު ވަނީ 3.90 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިލާފައެވެ. ކެބެޖު ކިލޯއެއްގެ އަގު މި ވަގުތު ހުރީ 3.25 އެމެރިކާ ޑޮލަރުގައެވެ.
މީގެ އިތުރުން ބަރަބޮލާއި ބަށީގެ އަގުތައް ވެސް ވަނީ އުފުލިފައެވެ. މި ގޮތުން، ބަރަބޯ ކިލޯއެއް މިހާރު ލިބެން ހުރީ 1.95 އެމެރިކާ ޑޮލަރަށެވެ. އަދި، ބަށި ކިލޯއެއްގެ އަގު ވަނީ 2.92 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިރުސް ކިލޯއެއްގެ އަގު ހުރީ 4.87 އެމެރިކާ ޑޮލަރުގައެވެ. ތޫފާނާ ގުޅިގެން ކުރިމަތިވި ހާދިސާގައި މަހުގެ އަގުތައް ވެސް އިންތިހާއަށް އުފުލިފައިވާއިރު، ވިޔަފާރިވެރިން ބުނީ، މަހުގެ އަގުތައް ދެގުނައަށް ބޮޑުވެފައި ވަނީ ކަނޑުތައް ގަދަވެ، މަސްވެރިކަން ކުރުމަށް ހުރަސް އެޅުމުން ކަމުގައެވެ.
ސްރީ ލަންކާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ ގުޅިގެން ކުރިމަތިިވި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވެސް އުފުލިފައިވާ ކަމުގައެވެ. މި ގޮތުން، މަރުވެފައިވާ މީހުންގެ އަދަދު 355އަށް އުފުލިފައިވާއިރު، އިތުރު 366 މީހުން ގެއްލިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 ޢާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ. ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން ދިތުވާގެ ބާރު ކެނޑެމުންދާ ކަމަށާއި، މި ވަގުތު އެ ތޫފާން ދަތުރު ކުރަމުން ދަނީ ސްރީ ލަންކާގެ އުތުރަށް ކަމުގައެވެ. މި ވަގުތު އެ ތޫފާން އޮތީ ބޭ އޮފް ބެންގާލް ކަނޑުގެ ސަރަޙައްދުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
