
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާގެ ދަނޑުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަދުވެގެން 100 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. ދިތުވާގެ ސަބަބުން ވައި ބާރުވެ، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ވަނީ ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ދިތުވާއާ ގުޅިގެން ސްރީ ލަންކާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގޮތުން، އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ހަނޑުލާއި ތަރުކާރީގެ ބާވަތްތައް ހައްދާ ދަނޑުތަކަށް ކަމަށާއި، އެ ދަނޑުތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް 48 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަން އެ ވުޒާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، ދަނޑުތަކަށް ފެން ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި، ދަނޑުތަކަށް ފެން ފޯރުކޮށްދިނުމަށް ބިނާ ކޮށްފައިވާ ކެނޭލްތައް ނުވަތަ ކޯރުތަކަށް ވެސް ފެންބޮޑުވުމާ ގުޅިގެން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސްރީ ލަންކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ދަނޑުތަކަށް ފެން ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް 3 މިލިޔަނެއްހާ އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ. އަދި، ކެނޭލްތައް މަރާމާތު ކުރުމަށް އިތުރު 6 ވަރަކަށް މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ.
ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި ސްރީ ލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 334ށް އުފުލިފައެވެ. އަދި، އިތުރު 218 ވަރަކަށް މީހުން ގެއްލިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ސްރީ ލަންކާގެ އެކި ކަންކޮޅުތަކުގައި ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 998,918ށް އުފުލިފައިވާއިރު، އޭގެ ތެރެއިން 51,000 ޢާއިލާއަކަށް ނިސްބަތްވާ 180,000ށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ން ބުންޏެވެ.
ތޫފާނާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީ ލަންކާގެ ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ. ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުން ވަޒަން ކުރުމަށް އެ ޤައުމުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، 15,000ށްވުރެ ގިނަ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި، 200ށްހާ މަގާއި 10 ވަރަކަށް ބުރިޖު ހަލާކުވެފައިވާއިރު، ރޭލު ދަތުރުފަތުރުގެ ވިއުގައާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ވިއުގައަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
