
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެއްލައްކަ ރުފިޔާ ދޭގޮތަށް ހަމަޖެހިއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފަވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ އެހީތެރިކަމާއެކު ރާއްޖޭގެ އަންހެނުންގެ ލީގުގައި ވާދަކުރާ ކޮންމެ ކުލަބަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. އެފްއޭއެމްގެ ނޫސްބަޔާނުގައި ވާގޮތުން މިފަދަ އެހީއެއް ކުލަބުތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކޮށް، ކުލަބުތަކުން ކުޅުންތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އަދި އޭގެ އިތުރުން އަންހެނުންގެ ލީގު ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމަކީވެސް މިއެހީ ކުލަބުތަކަށް ދިން މައިގަނޑު އެއް ސަބަބެވެ.
ރާއްޖޭގައި އަންހެނުންގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ފީފާއިން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އެފްއޭއެމްއިންވަނީ އެ ފެޑެރޭޝަނަަށް ޝުކުރުއަދާކޮށްފައެވެ. ގިނަ އަހަރުތަކަކަށްފަހު ވިމެންސް ލީގު ފެށުނުއިރު މި އަހަރުގެ ލީގުގައި ހަ ޓީމެއް ވާދަކުރެއެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025 ވަނަ އަހަރުގެ އާންމު ޖަލްސާ މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު ބާއްވާފަވާއިރު، އެ އެސޯސިއޭޝަނުގެ އައު ހިންގާ ގަވާއިދު ބައްޓަންކޮށްފަވަނީ އަންހެނުންގެ ބައިވެރިވުންވެސް ހިމެނޭ ގޮތަށެވެ. އައު ހިންގާ ގަވާއިދަށް މިބަދަލުތައް ގެނައުމުގެ އެއް ބޭނުމަކީ ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ ތަރައްޤީކޮށް ކުރިއެރުވުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
