
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަށްފަހު އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ފަށައިފިއެވެ. މިމުބާރާތުގައި 21 އަންހެން ޓީމުގެ އިތުރުން ހަތަރު ފިރިހެން ޓީމުންވެސް ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވީ މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޮފީސްތަކުން ފަރިތަކުރަމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެކަމަށާ، މިމުބާރާތުގައި ފިރިހެން ޓީމުތަކެއްވެސް ބައިވެރިވުމަކީ މުބާރާތަށް ލިބުނު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މުބާރާތަށް ޕްރެކްޓިސްތައް ފަށައިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ އޮފީސްތަކުން. ވަރަށް ތަރުހީބު ލިބެމުން ދިޔައީ އިންޓަ އޮފީސް މުބާރާތަށް” ފަޒްނާ ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަށްފަހު އަލުން މިމުބާރާތް ފެށިގެން ގޮސްފަވާއިރު އުންމީދަކީ ކުރިއަށް އޮތްތާނގައި މިމުބާރާތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ޑިވިޝަން ވަކިން ނޫންކަމަށްވިޔަސް ކުރިއަށް އޮތްތާނގައި މުބާރާތް ކުރިއަށް ގެންދާނީ ޑިވިޝަން ވަކިން ކަމަށް ފަޒްނާ މައުލޫމާތުދެއްވިއެވެ.
“މިއަހަރު އަޅުގަނޑުމެން އެހާ ޒަމާންކޮށްލާފަ ފެށީމަ ޑިވިޝަން ވައިސްކޮށް މިފަހަރު ނުކުރެވުނީ. މިމުބާރާތް ކުޅެލީމަ އިންޝާﷲ އަންނަ އަހަރު ޑިވިޝަން ވައިސްކޮށްލާނަން” ފަޒްނާ ވިދާޅުވިއެވެ. ޖުމްލަ 25 ޓީމުން މިމުބާރާތުގައި ވާދަކުރާއިރު އޭގެ ތެރެއިން 4 ޓީމަކީ ފިރިހެން ޓީމުތަކެވެ. މީގެ ކުރިންވެސް ގައުމީ ނެޓްބޯޅަ މުބާރާތުގައި ފިރިހެން ޓީމުތަކަށް ފުރުސަތުދީފަވާކަމަށާ އެހެންނަމަވެސް އޭރު ލިބުނީ ފިނި ތަރުހީބެއްކަމަށް ފަޒްނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭޝިއަން ނެޓްބޯލް ފެޑެރޭޝަން (އޭއެންއެފް) އިން އަންނަ އަހަރު އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ފިރިހެނުންނަށް ޚާއްސަ ނެޓްބޯޅަ މުބާރާތުގައި ރާއްޖެއިންވެސް ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، މިމުބާރާތުގެ ސަބަބުން ގައުމީ ފިރިހެން ޓީމަށް ހުނަރުވެރި ކުޅުންތެރިންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ފަޒްނާ ހާމަކުރެއްވިއެވެ.
“އޭއެންއެފްއިން ފުރަަތަމަ ޗެމްޕިއަންޝިޕް ފިރިހެނުންގެ މިއަންނަ އަހަރު ދިއްލީގަ އެބައޮތް. އެހެންވީމަ އެއަށް ޕްރިޕެއަރވުމުގެ ގޮތުންވެސް ފިރިހެނުން މިކަމަށް އިންޓަރެސްޓުކުރުވަންވެގެންނާއެކީގަ މެންސް ޑިވިޝަންއަށްވެސް ނެޝަނަލް ޓޯނަމަންޓު މުބާރާތް ބާއްވާ އިންޓަ އޮފީހަށްވެސް މީތި މިލީ ނެޓްބޯލްއަށް ފިރިހެނުންވެސް ޝައުގުވެރިކުރުވަންވެގެން” ފަޒްނާ ވިދާޅުވެފަވެއެވެ. ފަޒްނާ ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ސަޕޯޓަރުންގެ ތަރުހީބު އެންމެ އެކަށީގެންވާ މިންވަރަށް ނުލިބުނުކަމަށްވިޔަސް މުބާރާތް ފެށި ދުވަސްވާ ވަރަކަަށް ސަޕޯޓަރުންގެ ތަރުހީބުން ކޯޓު ގުގުމާލާނެކަމަށް ގަބޫލުކުރާކަަމަށެވެ.
މުބާރާތުގައި ވަރަށް ވަރުގަދަ ޓީމުތައް ވާދަކުރާނެކަމަށާ އެޓީމުތައް ކުޅޭ ދުވަސްތަކުގައި ވަރަށް ފޯރި ގަދަވެގެންދާނެކަމަށް އޭނާ ބުނެފަވެއެވެ. “މިރޭ ދެން ތަންކޮޅެއް ވިއްސާރަވުމާ އެކީގަ ބެލުންތެރިން ތަންކޮޅެއް މަދުވެގެން މިއުޅެނީ. އިރާދަކުރެއްވިއްޔާ މެޗަކަށްވުރެ މެޗެއް ހަމަ ރަނގަޅުވަމުންދާނީ. މީގަ ވަރުގަދަ ޓީމުތައް ބައިވެރިވެފަ މިތިބީ. އެހެންވީމަ އެ އޮފީސްތަކުން ކުޅޭއިރުގަ އަޅުގަނޑަށް ހީވަނީ މިތަން (ސަޕޯޓަރުންގެ ތަރުހީބުން) ފަޅާލާވަރުވާނެހެން” ފަޒްނާ ވިދާޅުވިއެވެ. އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 25 ގެ ނިޔަލަށް އިންޑޯ ނެޓްބޯޅަ ކޯޓުގައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ރެއަކު 07:30 އިން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
