
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ފުރަތަމަ މެޗު ބޮޑު މޮޅަކާއެކު ކާމިޔާބުކޮށް، ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަރުގަދަ ފެށުމަކުން ފަށައިފިއެވެ. ބރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެވި މެޗު ވިކްޓަރީން ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 6-0 ލަނޑުންނެވެ. ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުޅި މެޗު ވިކްޓަރީން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، ޓީސީގެ ޒުވާން ކުޅުންތެރިންނަށް ވަނީ މާ އެދެވޭ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ. ވިކްޓަރީ ޓީމުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ހިމެނުނުއިރު، އެ ޓީމު އުޒްބަކިސްތާންގެ ދެ ކުޅުންތެރިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިކްޓަރީން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައި އެ ޓީމުގެ ފޯވާޑް ރުސްތަލޭވް ލޭލާ ރަމްޝޮވާނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބިދޭސީ ކުޅުންތެރިޔާ ސަފީނާ ރުޝާނިއާ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 23 ވަނަ މިނިޓުގައި ސަފިނާ ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނީ ފާތުމަތު ސާއިނާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓުގައި ލޭލާ އެކަނި ހިފައިގެން ދިޔަ ބޯޅައެއް އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލައިގެން ވަނީ ވިކްޓަރީއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލޭލާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 62 ވަނަ މިނިޓުގައެވެ. އޭގެ ދެ މިނިޓް ފަހުން ވިކްޓަރީގެ ފަސްވަނަ ލަނޑު ސަފީނާ ކާމިޔާބުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ވިކްޓަރީއަށް ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި ލޭލާއެވެ. މި އަހަރު ވިމެންސް ލީގުގައި ވަނީ ހަ ޓީމެށް ބައިވެރިވެފައެވެ. މީގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ގަދަ ބާރުތައްވެސް ހިމެނެއެވެ. މިއީ އަހަރުތަކަކަށް ފަހު ރަސްމީ ފުޓްބޯޅައިގެ ހަރަކާތްތަކެއް އަންހެނުނަށް ހާއްސަކޮށްގެން އެފްއޭއެމްއިން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
