
(ފޮޓޯ ކްރެދިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެ އެސޯސިޢޭޝަންގެ އިސްވެރިންނާއެކު ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ އެސޯސިއޭޝަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާފަައެވެ. އަދި ކުރިޔަށް އޮތް އަހަރަށް ރޭވިފައިވާ ހަރަކާތްތަކާއި މިއަހަރުގެ ބާކީ އޮތްތަނުގައި ކުރަން ރާވާފައިވާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ހޯއްދަވާފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިސްވެރިން ވަނީ ރާއްޖޭގެ ޕެރަ އެތުލީޓުން ހޯދާފައިވާ ކާމިޔާބީތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. އަދި އެކި ކަންކަން ކުރިޔަށް ގެންދިއުމުގައި ޕެރަ އެތުލީޓުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭ ގޮތުން ވަޒީރާއެކު މަޝްވަރާ ކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޕެރަ އެތުލީޓުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވާ މިންވަރު އިތުރުކޮށް އެކި ކަހަލަ ކުޅިވަރުތަކުން އެ ކުދިންނަށް ފުރުސަތު ހޯދައިދިނުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އެ އެސޯސިއޭޝަނުން އެންމެ އަވަހަށް ކުރަން ރާވާފައިވާ ކަމަކީ ޔުނިސެފާއި ގުޅިގެން ޑިސެމްބަރު 12 އަދި 13 ގައި “ދަ ކަލެކްޓިވް ޗެލެންޖު” ގެ ނަމުގައި 18-25 އަހަރުގެ ޒުވާނުން ބައިވެރިކޮށްގެން ބާއްވާ ސިމްޕޯސިއަމެކެވެ.
ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ހުރިހާ ކުޅިވަރުތަކަކަށް ހަމަހަމަ އުސޫލުތަކެއްގެ ދަށުން ކަންކަން ހަމަޖައްސައިދިނުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
