
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޑިސެމްބަރު 2 ގައި ރާއްޖޭގައި ފަށާ 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކެރަމް ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ. ޤައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އަންހެން ޓީމު ކުޅުންތެރިންނާއި، ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވަޒީރު ޢަބުދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވުމަށްފަހު ވަޒީރު ވަނީ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުންވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް އެދިވަޑައިގެން ކުޅުންތެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެން ހިތްވަރު ދެއްވައިފައެވެ.
21 ގައުމުން ވާދަކުރާ ކެރަމް ވޯލްޑް ކަޕްގެ މެޗުތައް އޮންނާނީ ބާސެލޯ ނަސަންދުރާގައެވެ. 7 ވަނަ ކެރަމް ވޯލްޑްކަޕަށް ޤައުމީ ޓީމު އެކުލަވައިލައިފައިވަނީ އެކި ފަހަރު މަތިން ރާއްޖޭގެ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ އަދި ވޯލްޑް ކަޕްގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
އިންޑިއާގެ ތަޖުރިބާކާރު ޓްރައިނަރެއްގެ އެހީގައި 45 ދުވަހުގެ ޕްރެކްޓިސް ބޭއްވުމަށްފަހު ރާއްޖޭގެ ޤައުމީ ޓީމުން މި މުބާރާތަށް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ރަން މެޑަލް ހޯދުމުގެ އަމާޒުގައި މި މުބާރާތަށް ނިކުންނަ ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އާމިނަތު ވިދާދު، ޢާއިޝަތު ނަފްހާ، ޢާއިޝަތު ފައިނާޒާއި، ފާތިމަތު ރަޔާނާއެވެ. ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިސްމާޢީލް އަޒްމީން، އިބްރާހީމް ހުޖާން، ޙަސަން ނާޒިމް، މުޙައްމަދު މުންތަސިރާއި، އާދަމް އަދީލްއެވެ.
އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ރާއްޖެއިން ވަނީ ލޯ މެޑަލް ހޯދައިފައެވެ. އަންހެން އަދި ފިރިހެން ޓީމުން ހަވަނަ ވޯލްޑް ކަޕްގެ 3 ވަނަ ހޯދި އިރު މިދިޔަ އަހަރަކީ ފިރިހެން ޤައުމީ ޓީމަށް، ޓީމު އިވެންޓުން ވޯލްޑް ކަޕްގައި މެޑަލް ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. ސިންގަޕޫރު ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމުން ލޯ މެޑަލް ހާސިލްކުރިއެވެ. އެ މުބާރާތުގައި އަންހެން ޓީމުން 3 ވަނަ ހޯދީ އެމެރިކާ ބަލިކޮށްގެންނެވެ.
ރާއްޖެއިން ކެރަމް ވޯލްޑްކަޕް މިއަހަރު މި ހޯސްޓު ކުރަނީ 11 އަހަރަށްފަހުއެވެ. ރާއްޖޭގައި އެންމެ ފަހުން ވޯލްޑްކަޕް ބޭއްވި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
