
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފި އެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާންކުރި މި ބަދަލާއެކު، އަސްމާގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ ކޮމިޓީއަށް އައްޔަންކޮށްފަ އެވެ. ނަމަވެސް ކޮމިޓީގެ އާ މުގައްރިރެއް އަދި ކަނޑައެއްނާޅަ އެވެ.
މި ބަދަލު ގެނެސްފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާޖުއްދީން ސްކޫލްގައި ބާއްވަވާ ބައްދަލުވުމަކާ ގުޅިގެން، ރައީސާ ކުރާނެ ސުވާލު ނުވަތަ ދޭނެ މެސެޖެއް އޮތް ނަމަ އެންގުމަށް އެދި އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އަސްމާ ވަނީ އެ މެސެޖާ ގުޅިގެން މާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެ މެސެޖުގެ މަގުސަދަކީ ރައީސާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
ރައީސް ވަނީ، ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުންނަށް ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، މެސެޖު ދިނުމަށް ނުވަތަ ސިޓީ ހަވާލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، ރައްޔިތުން ގާތު އެމްޕީން މެސެޖުކޮށް އެފަދަ ކަންކަން ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވެސް ވަނީ، މި ބައްދަލުވުންތަކުގައި ކުރާނެ ސުވާލުތަކާއި ހިޔާލުތައް ކުރިން ހުށަހަޅަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި ރައްޔިތުން މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
