
މަރުބަލީގެގޮތުގައި ދުނިޔޭގެ ގިނަ ބަޔަކަށް ޤަބޫލުކުރެވިފައިވާ އެއިޑްސް ބަލީގެ ދުވަސް ފާހަގަކުރަނީ މިބަލީގެ ނުރައްކަލާއި އަދި ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު މިބައްޔަކީ ބަލީގެ ފުރަތަމަ ދުވަސްކޮޅު ފަރުވާ ހޯދިއްޖެނަމަ އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު މިހާރު އޮންނަ ބައްޔެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިއަހަރުގެ މިދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، “އުނދަގޫތަކުން އަރައިގަނެ، އެއިޑްސްއާއި މެދު ދެކޭގޮތް ބަދަލުކުރުން” މިޝިޢާރެވެ. މިއީ ސިޔާސީގޮތުން އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު، އިންސާނީ ހައްގުތައް ރައްކާތެރިކޮށް 2030 އާއި ހަމައަށް އެއިޑްސް ނައްތާލުމަށް މަސައްކަތްކުރުމަށް ބާރުއެޅުމަށް ކަނޑައަޅާފައިވާ ޝިޢާރެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިބަލި ޖެހިފައިވާ 40 މިލިޔަނަށްވުރެ ގިނަ މީހުން ތިބިކަމަށްވަނީ ރިޕޯޓުކޮށްފައެވެ. އަދި 6 ލައްކައަށްވުރެ ގިނަ މީހުން މިބަލީގައި މިދިޔަ އަހަރު އެކަނިވެސް ދުނިޔެ ދޫކޮށްފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މުޅިން އަލަށް 2 މިލިޔަނާ ގާތްކުރާ ޢަދަދަކަށް މިދިޔަ އަހަރު އެކަނިވެސް މީހުންނަށް މިބަލި ޖެހިފައިވާކަމަށް އަންދާޒާކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެވްރީޑޭ ހެލްތް)
އެއިޑްސް ބަލި ރާއްޖެއިން ފެނުނީ 1991 ވަނަ އަހަރުއެވެ. 2022 ވަނަ އަހަރާ ހަމައަށް ރާއްޖެއިން 40 މީހަކަށް މިބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ރިކޯޑުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. އަދި 2022 ވަނަ އަހަރާއި ހަމައަށް 15 މީހަކު އެއަހަރުގެ ނިޔަލަށް ދުނިޔެ ދޫކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެއިޑްސް ބަލި ޖެހެނީ ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށިފަދަ ތަކެތި ބޭނުންކޮށްގެން މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓްކުރުމާއި، ރައްކާތެރި ނޫން ތަޣައްޔަރުވެފައިވާ ލޭ އެޅުމުގެ ތެރޭގައެވެ. އަދި ގާތުން ތުއްތު ދަރިފުޅަށް ދިނުމުގެ ތެރޭގައިވެސް މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އަނެކާއަށް ބަލި ޖެހުމުގެ މަގުފަހިވެއެވެ. މިއީ ވައިރަސްއެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. މިބަލީގެ ޒާތަށް ބަލާއިރު ބައްޔާމެދު މީހުން ބިރުގަންނަނީ މިއީ އެއްކޮށް ރަނގަޅު ނުކުރެވޭ މަރު ބައްޔަކަށްވުމުންނެވެ. މިބަލިން އެއްކޮށް އަރައިނުގަނެވުނުނަމަވެސް ޒަމާނީ ބޭސްފަރުވާއާއެކު ހަށިގަނޑުގައި ޖަރާސީމު އަށަގަނެ ދައުރުވާ މިންވަރާއި އަދި އޭގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ލަސްކޮށްދެއެވެ. އޭގެ ސަބަބުން ރަނގަޅު ޞިއްޙީ އާދަކާދައާއެކު ބަލީގައި ދިގު ޢުމުރެއްގައި އުޅުމުގެ ފުރުސަތު ޒަމާނީ ބޭސްފަރުވާއާއެކުވަނީ ފަހިވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
