
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ ޖެނުއަރީ މަހު ޗައިނާގެ ދެ މަންޒިލަކަށް ނެރޯ ބޮޑީގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންއިން ވަނީ، ޤައުމީ އެއަރލައިނުން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ޤައުމީ އެއަރލައިނުން ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އެއްކޮށް ހުއްޓިގެން ދިޔައީ، ކޯވިޑުގެ ޢަލަމީ ވަބާއާއެކުއެވެ. އޭގެފަހުން އަލުން ދަތުރުތައް ފެށުމަށް ކުރާ މަސައްކަތްތަކާއެކު ދުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް، ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވައިޑްބޮޑީ މަތިންދާ ބޯޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މި ބޯޓު މެދުވެރިކޮށް ޗައިނާގެ 3 މަންޒިލަކަށް ވަނީ، ދަތުރުތައް ފަށާފައެވެ. ޤައުމީ އެއަރލައިން ހިންގާ އައިލޭންޑް އެވިއޭޝަނުން މިހާރު ދަނީ، އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މޯޑލްޑިވިއަންގެ ދަތުރުތައް ބޭރުގެ މަންޒިލްތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ތަފްސީލް ދެއްވާ، ޕީއެސްއެމް ނިއުސްގެ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ވައިޑް ބޮޑީ ދަތުރުތަކުގެ އިތުރަށް ނެރޯ ބޮޑީގެ ދަތުރުތައްވެސް ޗައިނާއަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވަނީ، މީގެ ކުރިންވެސް މޯލްޑިވިއަނުން ޗައިނާގެ ސިޓީތަކަށް ނެރޯ ބޯޑީގައި ދަތުރުކޮށްފައިވާކަން ފާހަގަކޮށްފައެވެ. “ޗައިނާގެ ކުރިން ހުއްޓާލާފައިވާ، މިސާލަކަށް ޝިއާން ސިޓީ އެއީ އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ، ނެރޯ ބޮޑީވީމަ ތައިލޭންޑުގެ ބެންކޮކަށް ޖައްސާފައި ދަތުރުކުރަނީ. އެ މިހާރު ސީޒަނަލީ މިއަންނަ ޖެނުއަރީން ފެށިގެން، އަޅުގަނޑުމެންގެ ސީޒަނަލް ފްލައިޓުތައް ފެށިގެންދާނެ. ޗައިނާގެ ޖިއާން އަދި ޗައިނާގެ ޝެންޖެންއަށް އަޅުގަނޑުމެންގެ ނެރޯ ބޮޑީ ދަތުރުތައް. އެ ދަތުރުތައްވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކުރިއަށް އޮތްތަނުގައި” އައިއޭއެސްގެ މެނޭޖިންގ ޑިރެކްޓަރ އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިޑް ބޮޑީގައި ޗައިނާއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް ކާމިޔާބުކަން އައިލޭންޑް އެވިއޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް ޗައިނާއިން އެކަނި ވައިޑް ބޮޑީގައި 20،000 އަށްވުރެ ގިނަ މީހުން އުފުލާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިދަތުރުތަކުގައި 1100 ޓަނުގެ މުދާ އުފުލާފައިވާ ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ހާމަކޮށްފައެވެ. ޗައިނާގެ އިތުރުން އިންޑިއާގެ ކޮޗިން އަދި ޓްރެވިންޑްރަމަށް މިހާރު ނެރޯ ބޮޑީގައި ހަފްތާއަކު 4 ދަތުރު ކުރަމުންދާކަން އިޔާސް ފާހަގަކުރެއްވިއެވެ. މިދަތުރުތައްވެސް އަންނަ މަހު ހަފްތާއަކު 5 ދަތުރަށް އިތުރުކުރާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށް މިވަގުތު ދަތުރުތައް ހުއްޓިފައިވީނަމަވެސް އަންނަ އަހަރު އެދަތުރުތައްވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ދަތުރުތައް ބޭރުގެ މަންޒިލްތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވައިޑް ބޮޑީގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފުޅާކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
