
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރު ފަތުރުވެރިކަމުގެ އޮފް ސީޒަންގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ. އާންމުގޮތެއްގައި ރާއްޖެއަށް ފަތުރުވެރިން އަންނަ ގޮތަށް ބަލާއިރު އޮފް ސީޒަންގައި ގިނަ އަދަދެއްގެ ފަތުރުވެރިންނެއް ނާދެއެވެ. ސަރުކާރަށް 2 އަހަރު ވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން “ހަފްތާ 104” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަޤްބޫލު މަޝްހޫރު ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި މީގެ ނަތީޖާވެސް ފެންނަމުންދާކަމަށް ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ، މިއަހަރުގެ އޮފް ސީޒަންގައިވެސް ފަތުރުވެރިން ރާއްޖެ އައި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ އޮފް ސީޒަންގައި ޑަބަލް ޑިޖިޓްގެ ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. “އާންމުކޮށް އޮފް ސީޒަންގައި ޑަބަލް ޑިޖިޓް ގްރޯތެއް ނުލިބޭ. ސިންގަލް ގްރޯތް ޑިޖިޓެއް މި ފެނިގެންދިޔައީ. މިއަހަރު އޮފް ސީޒަންގައި ވަރަށް ކާމިޔާބު. ކުރިއަށްގެންދެވުނު ކެންޕެއިންތަކުގެ ސަބަބުން ކަމަށް އަޅުގަނޑުމެން މިބަލަނީ. އަޅުގަނޑުމެން އެކަންޏެއް ނޫން އިންޑަސްޓްރީގެ ރިސޯޓްތަކުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. އެބޭފުޅުންގެ މާކެޓިން ޓީމްތަކުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ކޮލަބޮރޭޓިވްލީ މި ކުރެވޭ މަސައްކަތުގެ ނަތީޖާއޭ އަޅުގަނޑު ދަންނަވާލާނީ.” ޝިއުރީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ވިޒިޓް މޯލްޑިވްސްއިން ވަނީ ދުނިޔޭގައިވެސް މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކެމްޕެއިން “ވޯލްޑްސް ބިގަސްޓް ގިވްއަވޭ” ފަށާފައެވެ. މި ކެމްޕެއިނަކީ 1 އަހަރު ދުވަހުގެ ކެމްޕެއިނެކެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މައިގަނޑު ގޮތެއްގައި އިސްކަންދެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަދަ 10 މާކެޓަށްކަމަށެވެ. އަލަށް އަރަމުން އަންނަ މާކެޓްތަކަށްވެސް އިސްކަންދީގެން ހަރަކާތްތައް ހިންގަމުންދާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
