
(ފޮޓޯ ކްރެޑިޓްސް: ޕީޓީއައި)
ސްރީ ލަންކާއިން ތާށިވެފައި ތިބި އިންޑިޔާގެ 300އަށްވުރެ ގިނަ ރައްޔިތުން ސަލާމަތްކޮށް އިންޑިޔާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ޤައުމަށް އަނބުރާ ގެންގޮސްފިއެވެ. ސްރީ ލަންކާ ސަރަޙައްދުގައި އުފެދުނު ތޫފާން ދިތުވާގެ ސަބަބުން ޙާލަތު ގޯސްވެ، އެ ޤަައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާނުކޮށްފައެވެ. އެއާއެކު އެ ޤައުމުގައި ތިބި އިންޑިޔާގެ ރައްޔިތުން އަނބުރާ ޤައުމުގައި ގެންދިޔުމުގެ މަސައްކަތް އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ފަށައިފައެވެ. އެ ގޮތުން 104 މީހުންގެ މައްޗަށް އެކުލެވޭ އެންމެ ފަހު ގުރޫޕު މިހާރު ވަނީ އަސްކަރީ މަތިންދާ ބޯޓު މެދުވެރިކޮށް ކޮލޮމްބޯގެ ބަންޑާރަ ނައިކަ ވައިގެ ބަނދަރުން ފުރުވާލައިފައެވެ.
އިންޑިޔާއިން ދަނީ ސްރީ ލަންކާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ވެސް ސްރީ ލަންކާއާއެކު ގާތުން ބައިވެރިވަމުންނެވެ. އެ ގޮތުން އެ ޤައުމުގެ އައިއެންއެސް ވިކްރަންތު އަސްކަރީ މަނަވަރަށް ނިސްބަތްވާ ދެ ހެލިކޮޕްޓަރު ވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ދަނީ ޙަރަކާތްތެރި ވަމުންނެވެ. އިންޑިޔާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އިތުރު ހެލިކޮޕްޓަރުތަކެއް ވެސް ދަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ކޮޓްމަލީގައި ޙަރަކާތްތެރިވަމުންނެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދިޔަ ސްރީ ލަންކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެސް ވަނީ ވެއްޓިފައެވެ. ބެލް 212 މަރުކާގެ އެ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ތޫފާނުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ސަރަޙައްދު ކަމަށްވާ ޕުއްތަލާމް ޑިސްޓްރިކްޓުގެ ވެންނައްޕުވާގައެވެ. ހެލިކޮޕްޓަރު ވަނީ އެ ސަރަަޙައްދުގައި ހުރި ބުރިޖަކަށް ކުއްލި ޙާލަތުގައި ޖެއްސުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ބުރިޖު މަތީގައި ގިނަ ޢަދަދެއްގެ ޢާންމުން ތިބުމުން އެ މީހުންގެ ސަލާމަތަށްޓަކައި ޕައިލެޓު ވަނީ އެ ހެލިކޮޕްޓަރު ފެނުގައި ޖެއްސުމަށް މަސައްކަތް ކޮށްފައެވެ. އެ ހާދިޘާގައި ހެލިކޮޕްޓަރު ދުއްވި ޕައިލެޓު ވަނީ މަރުވެފައެވެ. އަދި އެ އުޅަނދުގައި ތިބި ހަތަރު ފަޅުވެރިންނަށް ވަނީ ޒަޚަމްވެފައެވެ. އެ މީހުންގެ ޙާލު ދެރަ ކަމަށް އިދާރާތަކުން ބުނެއެވެ.
ތޫފާން ދިތުވާއަކީ ފަހުގެ ތާރީޚެއްގައި ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންބޮޑު ޤުދުރަތީ ކާރިޘާއާ އެވެ. އެ ތޫފާނުގެ ސަބަބުން އެ ޤައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތައް ދަނީ ހިނގަމުންނެވެ. އެ ހާދިޘާތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 334އަށް އުފުލިފައެވެ. އަދި 370 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސްރީ ލަންކާގެ 1.18 މިލިޔަން މީހުންނަށް އެ ތޫފާނުގެ އަސަރު ކޮށްފައިވާއިރު ދެ ލައްކައެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ގިނަ ޢަދަދެއްގެ މީހުން އަދިވެސް އެކި ސަރަޙައްދުތަކުގައި ތާށިވެފައި އެބަ ތިއްބެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
