
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އިރުމަތީ އޭޝިޔާއަށް އެރި ތޫފާނެއްގެ ސަބަބުން ތިން ޤައުމަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 600 އަށް އަރާފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ. މަލާކާ ސްޓްރެއިޓްގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއްގެ ސަބަބުން އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ތައިލެންޑަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެ ތޫފާނުގެ ސަބަބުން ފާއިތުވި ހަފްތާގެ ތެރޭގައި ތިން ޤައުމަށް ވެސް ވަނީ ބޯކޮށް ވާރޭ ވެހި އާދަޔާ ޚިލާފަށް ވައި ގަދަވެފައެވެ. ތޫފާނާ ގުޅިގެން ހިނގި ހާދިޘާތަކުގައި އިންޑޮނޭޝިޔާގައި 435 މީހުން، ތައިލެންޑުގައި 170 މީހުން އަދި މެލޭޝިޔާގައި ތިން މީހުން ވަނީ މަރުވެފައެވެ.
ތޫފާނުގެ އަސަރު ދެކުނު ތައިލެންޑުގެ ތިން މިލިޔަނެއްހާ މީހުންނަށް ކޮށްފައިވާއިރު ހުޅަނގު އިންޑޮނޭޝިޔާގެ 1.1 މިލިޔަން މީހުންނަށް ވެސް ގެއްލުންތައް ލިބިފައެވެ. މެލޭޝިޔާ ހިމެނޭ ގޮތަށް ތިން ޤައުމުން ވެސް އެތައް ސަތޭކަ ހާސް ބަޔަކު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. މެލޭޝިޔާގައި ވެސް އަދިވެސް 18،700 މީހުން ވަގުތީ ހިޔާތަކުގައި އެބަ ތިއްބެވެ. ޤައުމުތަކުގައި ހެދިފައިވާ ފެންގަނޑުތައް ހިނދެމުންދާ ނަމަވެސް ތިން ޤައުމުގައި ވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ އިދާރާތަކުން އަދިވެސް ދަނީ އެ މަސައްކަތުގައި ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ.
މި ތިން ޤައުމުގެ އިތުރުން ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން ދިތުވާގެ ސަބަބުން އެ ޤައުމުގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ތޫފާނުގެ ސަބަބުން އެ ޤައުމުގައި މިހާތަނަށް 334 މީހުން މަރުވެފައިވާއިރު، 370 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
