
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތޫފާން ދިތުވާގެ ސަބަބަުން ސްރީ ލަންކާގައި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން ޚާއްޞަ ޓީމުތައް ފޮނުވައިފިއެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ވަނީ އާދަޔާ ޚިލާފަށް ގިނަ މިންވަރަކަށް ވާރޭ ވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތައް ކުރިމަތިވެފައެވެ. އެ ޤައުމުގެ ޙާލަތު ގޯސްވެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާއިރު ތޫފާނުގެ ސަބަބުން އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދު ވަނީ 334އަށް އުފުލިފައެވެ. އަދި ވީނުވީއެއް ނޭނގި 370 މީހުން ވަނީ ގެއްލިފައެވެ. ތޫފާނުގެ އަސަރު 1.18 މިލިޔަން މީހުންނަށް ކޮށްފައިވާއިރު ދެ ލައްކައެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ގިނަ ޢަދަދެއްގެ މީހުން އަދިވެސް އެކި ސަރަޙައްދުތަކުގައި ތާށިވެފައި އެބަ ތިއްބެވެ.
މި ޙާލަތުގައި ސްރީ ލަންކާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްއަށް ނިސްބަތްވާ 80 މީހުން ގޮވައިގެން އެ ޤައުމުގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވަނީ ސްރީ ލަންކާއަށް ދަތުރުކޮށްފައެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ވަޞީލަތްތައް އެ މަތިންދާ ބޯޓުގައި ގެންގޮސްފައިވެއެވެ. އިންޑިޔާގެ ޓީމުތަކުން މިހާރު ދަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޕުއްތަލާމްއާއި ބަދުއްލާގައި ޙަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން އިންޑިޔާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަތަރު ހެލިކޮޕްޓަރު ވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައިއާއި ތަކެތި ގެނައުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ.
ޕާކިސްތާނުގެ އަސްކަރީ މަނަވަރަކަށް ނިސްބަތްވާ ހެލިކޮޕްޓަރެއް ވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. ކޮލޮމްބޯ ބަނދަރުގައި އޮތް އެ މަނަވަރު ވެސް ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ކާބޯތަކެއްޗާއި ފުރަތަމަ އެހީ ދިނުމަށް ބޭނުންވާ ސާމާނާއި މުހިންމު ބޭހައި އެހެން ސާމާނު އެ މަނަވަރުން ވަނީ ފޯރުކޮށްދީފައެވެ. އެމެރިކާއިން ވެސް ވަނީ ސްރީ ލަންކާއަށް އެހީތެރިވުމަށް ދެ މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
