
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޙާލުކޮޅު ސީރިއަސްކަމަށް އެކަމަނާގެ ޕާޓީން ބުނެފިއެވެ. ފުއްޕާމޭއަށް ޖެހުނު އިންފެކްޝަނަކާ ގުޅިގެން، އުމުރުފުޅުން 80 އަހަރުގެ ޚާލިދާއަށް ޑާކާ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. ޚާލިދާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވީ، އޭނާގެ ދަރިކަލުން ޠާރިޤް ރަޙްމާނެވެ. ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޠާރިޤް ފޭސްބުކްގައި ވިދާޅުވީ، މަންމާފުޅުގެ ޙާލުކޮޅު ސީރިއަސްވިޔަސް، އޭނާއަށް ބަންގްލަދޭޝަށް ވަޑައިގެންނެވޭނެކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.
ޠާރިޤް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި އުފުލި ދަޢުވާތަކާ ގުޅިގެންނެވެ. ނަމަވެސް، ޝެއިޚް ޙަސީނާގެ ވެރިކަން މިދިޔަ އޯގަސްޓު މަހު ވެއްޓުނުފަހުން ޠާރިޤްގެ މައްޗަށް ކުރި ދަޢުވާތައް މިހާރު ވަނީ ބާތިލުކޮށްފައެވެ. ބަންގްލަދޭޝްގައި މިހާރު ވެރިކަންކުރާ އިންތިޤާލީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޠާރިޤް އެނބުރި ބަންގްލަދޭޝަށް ވަޑައިގަންނަވަން ބޭނުންވާ ލިޔުން ދޫކުރާނެ ކަމަށާއި، އޭނާ އެނބުރި އައުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ.
ޚާލިދާ ޒިޔާއަކީ ތިން ފަހަރު މަތިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭކަނބަލެކެވެ. އޭގެ ތެރެއިން ދެ ދައުރު ފުރިހަމަ ކުރައްވާފައިވާއިރު އެއް ދަައުރު ވަނީ މަދު މަސްކޮޅެއްގެ ތެރޭގައި ނިމުމަކަށް އައިސްފައެވެ. އޭގެފަހުން، 2014 އާއި 2024 ވަނަ އަހަރު ބޭއްވި އިންތިޚާބުތައް ޚާލިދާގެ ޕާޓީން ވަނީ ބައިވެރިވާން ދެކޮޅު ހަދައިފައެވެ. ނަމަވެސް، ޝައިޚް ޙަސީނާގެ ވެރިކަން ވެއްޓުމަށްފަހު، ބީއެންޕީގެ މަޤުބޫލުކަން އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
